ދީން

އިސްލާމްދީނާމެދު އުފެދިފައިވާ ޝުބުޙަތަކާ ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ވެބިނަރއެއް ބާއްވަނީ


އިސްލާމްދީނާމެދު އުފެދިފައިވާ ޝުބުޙަތަކާ ގުޅޭގޮތުން މަޢުލޫމާތުދިނުމަށް ވެބިނަރއެއް ބޭއްވުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން އިންތިޒާމްކޮށްގެން އިސްލާމްދީނާމެދު އުފެދިފައިވާ ޝުބުޙަތައް ޢާއްމުންނަށް އޮޅުންފިލުވައިދިނުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ މި ވެބިނަރ އޮންނާނީ 16 އޮކްޓޯބަރ 2020 ވާ ހުކުރު ދުވަހުގެ ރޭ 21:00 ގައެވެ.

"މިސްކޮންސެޕްޝަންސް" މި ނަމުގައި ބާއްވާ ވެބިނަރގައި ތަޤްރީރުކުރައްވާނީ ޑިރެކްޓަރ އޮފް ރިސަރޗް އެންޑް ޓްރެއިނިންގް، ދަޢުވާ އިންސްޓިޓިއުޓް އޮފް ނައިޖީރިއަރ ގެ ބައިނަލް އަޤްވާމީ ޢިލްމުވެރިޔާ އަލްއުސްތާޛް ނޫރުއްދީން ލޭމޫއެވެ. އަދި މި ވެބިނަރ ހުށަހަޅައިދެއްވާނީ އައްޝައިޚް ހަސަން ތައުފީގެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މި ވެބިނަރ މނިސްޓްރީގެ ފޭސްބުކްޕޭޖް އަދި ޔޫޓިއުބް ޗެނަލްއިން ލައިވްކޮށް ގެނެސްދޭނެކަމަށެވެ. އަދި މި މަޢުޞޫއުއާއި ގުޅޭގޮތުން ޢާއްމުން ފޮނުވާފައިވާ ސުވާލުތަކަށް ޖަވާބުދިނުންވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

މިގޮތަށް ބޭއްވޭ ވެބިނާތަކުގެ ގެ މައިގަނޑު މަޤްޞަދަކީ ދިވެހިރައްޔިތުންގެ ދީނީ މައުލޫމާތު މުއްސަނދިކޮށް ސައްޙަ އަޤީދާ ފޯރުކޮށްދިނުން ކަމުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.