ކުޅިވަރު

ހަ އަހަރުފަހުން ސަންމަރިއޯ އަށް ޕޮއިންޓެއް


ޔޫރަޕުގެ ފުޓްބޯޅައިގަ ހަ އަހަރުފަހުން ސަންމަރިއޯ އިން ޕޮއިންޓެއް ހޯދައިފިއެވެ.

ރޭ ޔުއެފާ ނޭޝަންސް ލީގުގައި ސަންމަރިއޯ އާއި ލީޗްޓެންސްޓައިން ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މިއީ 36 މެޗު ފަހުން ސަންމަރިއޯ އިން ހޯދި ފުރަތަމަ ޕޮއިންޓެއެވެ.

މިއީ 30 އަހަރުފަހުން ބައިކޮޅަށް ލަނޑެއް ވައްދާނުލާ މި ދެޓީމުން ވެސް މެޗެއް ނިންމާލި ފުރަތަމަ ފަހަރެއެވެ. އެންމެ ފަހުން ސަންމަރިއޯ އިން މެޗަކުން އެއްވަރުވެފަ ވަނީ 2014 ވަނަ އަހަރު އެސްޓޯނިޔާ ދެކޮޅަށް ކުޅެ 1-1 އިންނެވެ. އަދި ރަށުން ބޭރުގައި މެޗަކުން އެއްވަރުވީ 2001 ވަނަ އަހަރު ލެޓްވިޔާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މިހާތަނަށް ކުޅުނު 162 މެޗުން ބަލިވެފަވާއިރު ސަންމަރިއޯ މޮޅުވެފަ ވަނީ އެންމެ މެޗަކުންނެވެ. ހަތަރު މެޗު ވަނީ އެއްވަރުވެގެން ނިމިފައެވެ.