ޚަބަރު

މޫސުމަށް ރައްކާތެރިވުމަށް އިލްތިމާސްކޮށްފި


ކުރިއަށް އޮތް ދެ
ދުވަހުވެސް ކަނޑުގަދަވާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވެ، ރައްޔިތުން
ހޭލުންތެރިވުމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.



ނެޝަނަލް ޑިޒާސްޓަރ
މެނޭޖްމަންޓް ސެންޓަރުން ވަނީ ކަނޑު ދަތުރުކުރާ ކަމުގައި ވާނަމަ މޫސުމަށް
ބަލައިގެން ދަތުރުފަތުރުކުރުމަށާއި،
އުޅަނދަށް އަރާ މީހުންގެ މައުލުމާތާއި މީހުންގެ އަދަދުވެސް ބެލުމަށް
އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ދޯނީގެ އަދި ފަޅުވެރިންގެ ސަލާމަތާއި
ރައްކާތެރިކަމަށްްް އިސްކާންދީގެން ކަނޑުމަތީގައި ދިމާވެދާނެ ހާދިސާއަކަށް ދުރާލާ
ވިސްނައި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.



މީގެ އިތުރުންވެސް
ކަނޑުމަތީގައި އެހީތެރިކަމެއް ބޭނުންވެއްޖެ ޙާލަތެއްގައި އެހީތެރިކަން ހޯދަން
ބޭނުންކުރެވޭނެ މުވާޞަލާތީ ޚިދުމަތާއި އެކު ދަތުރުކުރުމަށާއި، އުޅަނދަށް
އެކަށީގެންވާ އަދަދަށް ވުރެ އިތުރަށް މީހުން ނޭރުވުމަށާއި މޫސުމާއި ގުޅޭގޮތުން ދެއްވާ
އިރުޝާދުތަކާއި ޚަބަރުފަތުރާ ވަޞީލަތްތަކުން ފޯރުކޮށްދޭ މޫސުމާއި ގުޅޭ މައުލޫމާތު
ހޯދާ  ދަތުރުކުރުމަށް ވެސް އެދިފައިވެއެވެ. އަދި އަތޮޅުތަކުގެ
ކައުންސިލުންވެސް މި މައުލޫމާތު ރައްޔިތުންނަށް ދިނުމަށް ޑިޒާސްޓަރ އިން ވަނީ
އިލްތިމާސްކޮށްފައެވެ.