ޚަބަރު

އާ ނޫޓް ސީރީޒްގެ ފައިސާ ރާއްޖެ ގެނެސްފި


"
ރަންދިހަ ފަހެއް " ނޫޓް ސީރީޒް ގެ ބައެއް ނޫޓްތައް ޗާޕްކޮށްގެން
ރާއްޖެ ގެނެސްފިއެވެ.



މަރުކަޒީ ބޭންކް
އެމްއެމްއޭއިން މައުލޫމާތު ދިންގޮތުގައި މި ނޫޓްތައް ޗާޕްކޮށްގެން ގެނެސް
އިއްޔެވަނީ އެ އޮތޯރިޓީގެ ޚަޒާނާގައި ރައްކާކުރެވިފައެވެ. އެހެން ނަމަވެސް އެއީ
ކިހާ ފައިސާ އެއްކަމަށް އެމްއެމްއޭ އިން ހާމަކުރައްވާފައި ނުވެއެވެ.



މިއަންނަ
އޮކްޓޯބަރު މަހު ތައާރަފް ކުރުމަށް ހަމަޖެހިފައިވާ އާ ނޫޓް ސީރީޒްގެ ތެރޭގައި ހިމެނެނީ 10 ރުފިޔާ،
20 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ، 500 ރުފިޔާގެ އިތުރުން
މުޅިން އަލަށް ތައާރަފްކުރާ 1000 ރުފިޔާއެވެ. މިފައިސާ ބޭނުންކުރުމަށް
ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް މަރުކަޒީ ބޭންކުން
މައުލޫމާތުދެއެވެ.



މުޅިން އާ ޑިޒައިން ތަކަކާއެކު ނެރެވޭ އާ ނޫޓް ސީރީޒްގެ ނޫޓްތައް ޗާޕްކުރުމަށް ހަމަޖެހިފައިވަނީ
ޕޮލިމާގައެވެ.