ޚަބަރު

ޓްރިމަރަކާއި ބުރުމާއެއް ވަގަށް ނެގި މީހަކު އެއް އަހަރަށް ޖަލަށް


ޓްރިމަރަކާއި ބުރުމާއެއް ވަގަށް ނެގި މީހަކު އެއް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

ވައްކަމުގެ މައްސަލާގައި ހދ. ވައިކަރަދޫ، ޕެރިމްރޯޒް، އުމުރުން 36 އަހަރުގެ ޙުސައިން ޝާހް އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރީ ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

ދައުލަތުން މީނާގެ މައްޗަށް ވައްކަން ކުރި ކުށުގެ ދައުވާ އުފުލާފައިވަނީ، މިއަހަރުގެ މާރިޗު 17 ވަނަ ދުވަހުގެ 13:30 އެހައިކަންހާއިރު ހދ. ވައިކަރަދޫ ، ތޮނަގޭގައި ހުންނަ ވަޑާންގެއިން މަކިޓާ ބުރޭންޑްގެ ސަރކިއުލާރ ކީހަކާއި، މަކިޓާ ބްރޭންޑްގެ ޓްރިމަރެއްގެ އިތުރުން މަކިޓާ ބްރޭންޑްގެ ބުރުމާއެއް ވަގަަށް ނަގާފައިވާ މައްސަލައާއި ގުޅިގެންނެވެ.

މިމައްސަލައިގެ އިބްތިދާޢީ މަޖިލީހުގައި ޙުސައިން ޝާހް ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެހެންކަމުން މި މައްސަލަ ނިންމާފައިވަނީ އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައެވެ.

މުޙައްމަދު

މިދެން ކިހާބޮޑު ދުއްތުރާލެއް... ވައްކަންކޮށް އިޢުތިރާފް ވީމާވެސް ދަޢުލަތުން (ރައްޔަތުންގެ ފައިސާއިން) އަހަރެއް ވަންދެން ކާންބޯންދީ އަންނައުނު ދީ، ބޭސްފަރުވާ ކުރަން. ބަނޑުފުރާނަ މުއްތި ކުރުމަށާ، ބެލުމުގެ ދަށުގައިވާ ބަޔަކަށް ޚަރަދު ކުރާާާާނެ ގޮތެއްނެތި މަޖުބޫރީ ޙާލަތު ނަމަ ސަލާމް ޖަހާނީ. ވައްކަމެއް ނޫން ކުރާނީ. އޭނާ އަމިއްލައަށް އޭނާގެ އަތުގެ ހުރުމަތް ކެނޑީމާ ޢަދުލުގެ ހުކުމުން ހުކުމް ކުރެވެން ޖެހޭނީ އަތް ކެނޑުމަށް. މި މުޖުތަމަޢު އަމާން ނުވެގެން މިއުޅެނީ ހެޔޮވަރުނޫން ލިބާހެއްފަދަ ޑިމޮކްރަސީގެ ފޭރާން އަޅައި، ނަމުން އިންސާނީ ޙައްޤަަަަށް ވަކާލާތު ކުރާ މީހުންނާއި ބައިއަތު ހިފައި، ﷲ ގެ މަގުން އެއްކިބާވީމާ.