ޚަބަރު

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނަފްސާނީ ބަލީގެ ދުވަހާއި ގުޅިގެން ޚާއްސަ ވެބިނާއެއް


މިއަދު ފާހަގަކުރާ ދުނިޔޭގެ ނަފްސާނީ ބަލީގެ ދުވަހާއި ގުޅިގެން ދިވެހިރެޑް ކްރެސެންޓާއި އެޗްޕީއޭ އަދި ސެންޓަފޯރ މެންޓަލް ހެލްތުގެ އިތުރުން ކަމާގުޅޭ އެހެން އިދާރާތަކާއި އެކު ވެބިނާއެއް ބާއްވަން ނިންމައިފިއެވެ.

މިވެބިނާ އޮންނާނީ މިރޭގެ 8:30 އިން 10:00އަށެވެ. ޒޫމް މެދުވެރިކޮށް ބާއްވާ މިވެބިނާގައި، ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވާނެއެވެ.

ފަސްޓް ލޭޑީގެ އިތުރުން ދެން ވެބިނާގައި ތަޤުރީރު ކުރައްވާނެ ބޭފުޅުންގެ ތެރޭގައި، ސެންޓަރ ފޯރ މެންޓަލް ހެލްތުގެ ފަރާތުން، ޑރ ޝަނޫހާ މަންސޫރާއި އެޗްޕީއޭގެ ޑައިރެކްޓަރ، ޑރ އަމިނަތު ޝަހުޒާ އާއި، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ޑރ އަބުދުލްމަލިކުގެ އިތުރުން، ދިވެހި ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ޙިމްޔާ ހިމެނިވަޑައި ގަންނަވައެވެ.

މިވެބިނާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރެޖިސްޓަރ ވުމަށް މިހާރު ވަނީ ހުޅުވާ ލާފައެވެ.

މިވެބިނާގައި ނަފްސާނީ ބަލިތަކާއި ގުޅޭ ގޮތުން މުހިއްމު ގިނަ މައުލޫމާތު ތަކެއް ފޯރުކޮށް ދެވޭނެ ކަމުގައި ދިވެހި ރެޑް ކްރެސެންޓުން ވަނީ ބުނެފައެވެ.