ކުޅިވަރު

ވަރަށް ގިނަ ރަނގަޅުކަންކަން ފާހަގަކުރެވުނު: މަންޗިނީ


އިޓަލީ އެންމެފަހުން ކުޅުނު އެކުވެރިކަމުގެ މެޗުން ވަރަށްގިނަ ރަނގަޅުކަންކަން ފާހަގަކުރެވުނު ކަމަށް އިޓަލީގެ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މަންޗީނީ ބުނެފިއެވެ.

އެންމެފަހުން މޯލްޑޯވާއާ ވާދަކޮށް 6-0 ލަނޑުން މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން މަންޗިނީ ބުނީ މެޗުގައި ފުރަތަމަ ފަނަރަ މިނެޓުގައި އުނދަގޫވި ނަމަވެސް އެކަންކަން ފަހުން ޓީމުން ރަނގަޅު ކުރިކަމަށެވެ. މެޗުގައި ކުދިކުދި މައްސަލަތައް ފާހަގަކުރެވުނު ނަމަވެސް އަލަށް ޓީމަށް ކުޅުނު ކުޅުންތެރިންނާއެކު އެކަންކަން ވެދާނެކަމަށް ގަބޫލްކުރާކަމަށް މަންޗިނީ ބުންޏެވެ.

އޭނާ ބުނީ މެޗަށް ނުކުތީ ވަރަށް ގިނަ ބަދަލުތަކާއެކު ނަމަވެސް ވަރަށް ގިނަ ރަނގަޅުކަންކަން ޓީމުން ފާހަގަވިކަމަށެވެ. އާކުޅުންތެރިންނާއެކު ވެސް ޓީމުގައި މޮޅުވުމުގެ ވިސްނުން ހުރީތީ އެއީ ލިބުނު ހތްހަމަޖެހުމެއްކަމަށް މަންޗިނީ ބުންޏެވެ. އިޓަލީ މާދަމާރޭ ނޭޝަންސް ލީގުގައި ނުކުންނާނީ ޕޮލެންޑާ ދެކޮޅަށެވެ.