ކުޅިވަރު

އިންގްލޭންޑް މޮޅުވިއިރު، ބެލްޖިއަމް އެއްވަރުވެއްޖެ


ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކުން އިންގްލެންޑް މޮޅުވިއިރު ބެލްޖިއަމް އެއްވަރުވެއްޖެއެވެ.

ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި އިންގްލޭންޑުން ވަނީ ވޭލްސްގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗު އިންގްލޭންޑުން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

މެޗުގައި އިންގްލޭންޑް ލަނޑުތައް ކާމިޔާބުކުރީ ކުލެވާޓް ލެވިން، ކޮނޯ ކޯޑީ އަދި ޑެނީ އިންގްސްއެވެ. ކޮނޯ ކޯޑީގެ އިންގްލެންޑަށް ފުރަތަމަ ލަނޑު ޖަހައިދިން އިރު މެޗުގައި ކްލައިވަޓް ލެވިން ކާމިޔާބުކުރި ލަނޑާއެކު އޭނާ މި ސީޒަނުގައި ޖެހި ލަނޑުގެ އަދަދު ވަނީ 10އަށް އަރާފައެވެ. މިއީ ގައުމީ ޓީމަށް ތިން ކުޅުންތެރިންވެސް ލަނޑު ޖަހައިދިން ފުރަތަމަ ފަހަރެއެވެ.

މިހާތަނަށް ވޭލްސްއާ ދެކޮޅަށް ކުޅުނު ހަ މެޗުވެސް އިންގްލޭންޑުން ވަނީ ކާމިޔާބުކޮށްފައެވެ. މިއީ 47 އަހަރު ފަހުން އިނގިރޭސިން އަތުން ވޭލްސް ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

ރޭ ކުޅުނު އެކުވެރިކަމުގެ އެހެން މެޗުތަކަށް ބަލާއިރު ބެލްޖިއަމް އާއި އައިވަރީ ކޯސްޓް މެޗު އެއްވަރުވިއިރު ސްވިޑެން ވަނި ރަޝިޔާ ބަލިކޮށްފައެވެ. އަދި އިރާނުން ވަނީ އުޒްބެކިސްތާން މައްޗަށް ކުރި ހޯދާފައެވެ.