ވިޔަފާރި

އަންގާރަ ދުވަހު ބީއެމްއެލްގެ މައި ބްރާންޗުން ޚިދުމަތް ދެނީ


މިމަހުގެ 20 އިން ފެށިގެން 27 ވީހަށް ސަރުކާރު ބަންދުވި ނަމަވެސް ސެޕްޓެމްބަރު 22ވާ އަންގާރަ ދުވަހު ބީއެމްއެލްގެ މެއިން ބްރާންޗުން ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ބުނީ ބަންދު ދުވަސްތަކުގައި ބޭންކުގެ ސެލްފް ސަރވިސް ބޭންކިންގެ 8 ޔުނިޓް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނަގާ އަދި ޖަމާކުރެވޭނެ ކަމަށާއި ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގެ ޚިދުމަތުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާ އޭޓީއެމްތަކުންވެސް 24 ގަޑިއިރު ޚިދުމަތް ލިބޭނެކަމަށެވެ.މީގެ އިތުރުން ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށުގައި ގާއިމުކޮށްފައިވާ އެބޭންކުގެ ކޭޝް އޭޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންނަށް ދުވާލަކަށް 2000ރ ނެގޭނެ ކަމަށްވެސް ބީއެމްއެލްއިން ހާމަކުރެއެވެ.ބީއެމްއެލްގެ  ސެލްފް ސަވިސް ބޭންކިންގ ޔުނިޓްތައް ބެހެއްޓިފައިވަނީ، ބީއެމްއެލް ހެޑް އޮފީސް ތިރި، މަޖީދީ މަގު ބްރާންޗް، ބާޒާރު ބްރާންޗް، ބީއެމްއެލް ލައިޓް، ވެލާނާގެ، ބޮޑުތަކުރުފާނު މަގު އާޓިފިޝަލް ބީޗް ކައިރީ، މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީ، އަމީނީ މަގު އަދި އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ގައެވެ.