ކުޅިވަރު

ސްޕެއިންގެ ޒުވާން ޓީމުން ޕޯޗުގަލް ހިފަހައްޓައިފި


ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ޒުވާން ޓީމަކާއެކު އެކު ނުކުމެ ސްޕެއިނުން ޕޯޗުގަލް ހިފަހައްޓައިފިއެވެ.

ޕޯޗުގަލްގައި ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކުރި ތިން ފަހަރުވެސް ނިމުނީ އެއްވަރުވެގެންނެވެ.

އެންމެފަހުން ޕޯޗުގަލްގެ މައްޗަށް ސްޕެއިންނަށް ކުރި ހޯދިފައިވަނީ 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕެނަލްޓީ ޖަހައިގެންނެވެ. ރޭގެ މެޗުގައި ފުރަތަމަ ހާފްގައި ސްޕެއިނުންވަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގައި ލަނޑު ޖާހާނެ ރަނގަޅު ފުރުސަތެއް ދެވަނަ ހާފްގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު އިރު ރޭނާޓޯ ސަންޗޭޒްއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ.

މެޗުގެ ދެވަނަ ހާފްގައި ސްޕެއިންގެ އެޑަމާ ޓޮރޭރޯ ފުރަތަމަ ފަހަރަށް ސްޕެއިންގެ ސީނިއަރ ޓީމަށް ކުޅެން އަރާ ވަނީ ޕޯޗުގަލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ހަމަ މިހާފްގައި ރޭ ސްޕެއިންގެ ގޯލް ބަލަހައްޓަމުން ދިޔަ ކެޕަ އަރިޒަބަލަގާ ވަނީ ޕޯޗުގަލްގެ ޖާއޯ ފެލިކްސް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދިފާއުކޮށްފައެވެ.

ފަންސާސްހާސް މީހުންގެ ޖާގައެއް އޮން އަލްވަލޭޑޭ ސްޓޭޑިއަމަށް މެޗުގެ ކުޅިބަލަށް 2500 ސަޕޯޓަރުން ދަނޑަށް ވަނީ ވައްދާފައެވެ. އެންމެފަހުން ވަރލްޑް ކަޕްގައި ވާދަކުރި މި ދެޓީމުގެ ކުރިމަތިލުންވެސް ނިމުނީ 3-3 ލަނޑު އެއްވަރުވެގެންނެވެ.