ތަޢުލީމު

ޕްރީސްކޫލް ޓީޗަރުންނަށް ބާއްވާ ޓްރެއިނިންގ ކޭމްޕެއް ފަށައިފި


 އެލް.ކޭ.ޖީ. އާއި ޔޫ.ކޭ.ޖީގައި ކިޔަވައި ދެމުންގެންދާ ޓީޗަރުންނަށް އަމާޒުކޮށްގެން ކ. މާފުށީގައި ކުރިޔަށްގެންދާ ޓްރެއިނިންގ ކޭންޕަށް ދާ ޓީޗަރުން މިއަދު ފުރައިފިއެވެ." ޓްރޭނިންގ ކޭމްޕް އޮން ކޮންޓެންޓް އަޕްގްރޭޑިން އޮފް ކީ ލާނިންގ އޭރިޔާސް ފޮރ ފައުންޑޭޝަން ސްޓޭޖް ޓީޗަރސް"ގެ ނަމުގައި ކުރިޔަށް ގެންދާ މި ކޭންޕްގައި ރާއްޖޭގެ 10 އަތޮޅަކުން ޖުމުލަ 140 ޓީޗަރަކު ބައިވެރިވާކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން-އެން-އައި-އީއިން މައިލޫމާތުދެއެވެ.މި ކޭންޕަކީ ގައުމީ މަންހަޖުގެ ފައުންޑޭޝަން ސްޓޭޖް ގެ ހިސާބާއި، ބަހާއި ސައިންސްގެ އިތުރުން ދުޅަހެޔޮ ސިއްހަތު، މި ދާއިރާތަކުން މުދައްރިސުން އަހުލުވެރިކުރުވުމާއި މައުލޫމަތު އިތުރުކުރުމުގެ ގޮތުން ކުރިޔަށްގެންދާ ކޭންޕެއްކަމަށް އެން.އައި.އީއިން މައުލޫމާތުދެއެވެ.ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން އެން.އައި.އީ ހިންގެވުމާއި ހަވާލުވެހުންނެވި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ އެން.އައި.އީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޕްރޮގްރާމް ކުރިޔަށްގެންދިއުންކަމަށާއި ކުރިޔަށް އޮތްތަނުގައިވެސް މިފަދަ ކޭންޕުތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިއަންނަ އަހަރުގެ ކިޔެވުން ފެށޭއިރު ކީސްޓޭޖް 1 އަދި ކީ ސްޓޭޖް 2ގައި ކިޔަވައިދެމުންގެންދާ ޓީޗަރުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.މި ކޭންޕް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ 4 ދުވަހުގެ މުއްދަތަކަށެވެ.މި ކޭންޕްގައި ރ، ބ، ޅ، ކ، އއ، އދ، މ، ވ، ފ އަދި ދ އަތޮޅުގެ ޕްރީސް ސްކޫލް ޓީޗަރުން ބައިވެރިވެފައިވާކަމަށް އެން.އައި.އީ އިން މައުލޫމާތުދެއެވެ.