ކުޅިވަރު

އެފްއޭއެމް ރައީސް ކަމަށް ޝަވީދު


އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ
ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު އެކަނި ކަމަށް އެފްއޭއެމް
އިން ބުނެފި. އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭއެމް އިންތިހާބުގައި ވާދަކުރުމުގެ
ފުރުސަތު ރޭ ބާރަ ޖެހުމާ ހަމައަށް ހަމަވިއިރު، އެފްއޭއެމް ރައީސް ކަމަށް
ކުރިމަތިލައްވާފައިވަނީ ޝަވީދު އެކަނި ކަމަށާއި، އެހެނިހެން މަޤާމްތަކަށް
ކުރިމަތިލައްވާ ފަރާތްތަކުގެ ލިސްޓްވެސް ޝަވީދުގެ ފަރާތުން ލިބިފައިވާ ކަމަށް
އެފްއޭއެމްއިން ބުނެއެވެ. މަޢުލޫމާތު ލިބޭގޮތުގައި އެފްއޭއެމްގެ ނައިބުރައީސް ކަމަށް
ހަމަޖައްސުއްމަށް ޝަވީދު ނިންމާފައިވަނީ ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރ އަދި
ޤައުމީ ޓީމްގެ ކުރީގެ ފޯވާޑް ކަމަށްވާ އަލީ އުމަރެވެ. އަންނަ މަހު ބާވީސް ވަނަ
ދުވަހު ބާއްވާ އިންތިހާބުގައި ދެން ނަގާނީ ފެންނަ ނުފެންނަ ވޯޓެއް ކަމަށާއި،
މިވޯޓްގައިވެސް 44 ކްލަބަށް ބައިވެރިވެވޭނެ ކަމަށް އެފްއޭއެމްއިން
ބުނެއެވެ.