ރާއްޖޭގެ އެކި ރަށްރަށުގައި ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގުމަށްޓަކައި ބާސްކެޓްބޯޅަ ކޯޗުން ހޯދުމަށް މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން އިޢުލާންކޮށްފިއެވެ.
އެމް.ބީ.އޭ އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ވައިޑީޕީ ޕްރޮގްރާމް ހިންގުމަށްޓަކައި ތިން މަސް ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ބާސްކެޓްބޯޅަ ކޯޗުން ބޭނުންވާކަމަށެވެ.
ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ވައިޑީޕީ ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ރަށްތަކަކީ، ހއ.ދިއްދޫ، ހދ.ކުޅުދުއްދުށި އަދި ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ސިޓީގެ ސ.ހިތަދޫގައެވެ.
ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ބުނީ ކޮންމެ ރަށަކަށްވެސް ބޭނުންވަނީ އެމް.ބީ.އޭ ލައިސަންސް އޮންނަ އެއް ކޯޗު ކަމަށެވެ. އަދި ކޯޗުން ނެގުމުގައި އެރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަން ދެވޭނެކަމަށް އެމް.ބީ.އޭ އިން މަޢުލޫމާތުދެއެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން 11 އޮކްޓޯބަރ ވާ އާދީއްތަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން ސީވީ އާއި ބާސްކެޓްބޯޅައިގެ ކޯޗިންގ ދާއިރާގެ ވަނަވަރު އެނގޭނެ ލިޔެކިޔުންތައް ބާސްކެޓްބޯޅަ އެސޯސިއޭޝަނަށް މެއިލް ކުރުމަށް އެ އެސޯސިއޭޝަނުން ކުރި އިޢުލާނުގައި ވަނީ ބުނެފައެވެ.