ޚަބަރު

ފުވައްމުލަކުގައި ހިނގި މާރާމާރީއެއްގައި 5 މީހުން ޒަހަމްވެއްޖެ


ފުވައްމަލަކުގައި މިރޭ 2 ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި، ތޫނު އެއްޗަކުން ހަމަލާދީ 5 މީހުން ޒަހަމް ކޮށްލައިފިއެވެ. މިކަން ފުލުހުން ވަނީ ޕީއެސްއެމް އަށް ޔަގީން ކޮށްދީފައެވެ. މިމާރާމާރީގައި، ޒަހަމްވި 5 މީހުނަށްވެސް ފަރުވާ ދިނުމަށްޓަކާ ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި މީގެ ތެރެއިން 2 މީހެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ. ސީރިއަސް ވި ދެމީހުންގެ ބަނޑަށާއި، މެޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށް ހޮސްޕިޓަލުން ބުނެއެވެ. މިހާދިސާ ހިނގީ ފުވައްމުލަކުގެ ހޯދަނޑު އަވަށުގައި ކަމަށް ޚަބަރު ލިބިފައިވެއެވެ. އަދި މިމާރާމާރީ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 11:10 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.