ވިޔަފާރި

އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އަނެއްކާވެސް އިތުރުކޮށްފިއެވެ.

އެމްއޭއީން ވިދާޅުވީ ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރުމަށް ނިންމާފައިވަނީ ބޭރު ފައިސާގެ ބާޒާރަށް އޮތް ޕްރެޝަރު ކުޑަކުރުމަށް އެހީވެދިނުމަށްކަމަށެވެ. އަދި މިއަހަރު ނިމެންދެން މި ބަދަލަށް ޢަމަލުކުރަމުން ގެންދިއުމަށް އެމްއޭއިން ވަނީ ނިންމާފައެވެ.

ކޯވިޑް19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އަދި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އެމްއޭއިން ގިނަ މަސައްކަތްތައް ކުރަމުންދާކަމަށާއި، ޚާއްސަކޮށް ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވި ޕްރެޝަރު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އެގޮތުން ކުރިން ބޭންކުތަކަށް ދޫކުރަމުން އައި ޑޮލަރުގެ އިތުރުން، ޒަރޫރީ ބޭނުންތަކަށް މުދާ އިމްޕޯޓްކުރުމަށްޓަކައި އިތުރު ޑޮލަރު، ބޭންކުތައް މެދުވެރިކޮށް ދުކުރަމުންދާކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

ކޯވިޑް 19ގެ ސަބަބުން ދިމާވާ އިގްތިސާދީ އަދި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް މިހާތަނަށް 354 މިލިއަން ޑޮލަރު ލިބިފައިވާކަމަށްވެސް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ. އެމްއެމްއޭއިން ވިދާޅުވީ ކޯވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާއިރު އިގްތިސާދު ކުރިއަރަމުން އަންނަކަމުގެ ނިޝާންތަކެއް މިހާރު ފެންނަމުންދާކަމަށެވެ.