51 ވަނަ ބޭސިކް އޭވިއޭޝަން ސެކިއުރިޓީ ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ހަދާނީ ލިޔުންދީފިއެވެ. މިއަދު ކޯސްޓްގާރޑް ބިލްޑިނގް ގައި ކުރިޔަށްގެންދިޔަ މިރަސްމިޔާތުގައި 13 ބައިވެރިޔަކު ވަނީ އޭވިއޭޝަން ސެކިއުރިޓީ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިއެވެ.މި ކޯހަކީ ވައިގެ ސަލާމަތާއި ރައްކާތެރިކަމާއި ބެހޭ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން – އައިކާއޯ – ގަބޫލުކުރާ ފެންވަރުގެ ކޯހެއްކަމަށް އޭވިއޭޝަން ސެކިއުރިޓީން މައުލޫމާތުދެއެވެ.މިކޯހަކީ 14 މޮޑިއުލްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޓްރެއިނިންގ ޕްރޮގްރާމެއްކަމަށް އޭވިއޭޝަން ސެކިއުރިޓީން މައުލޫމާތުދެއެވެ.މިކޯހުގެ ބައިވެރިންނަށް ހަނދާނީ ލިއުން ހަވާލުކުރުމުގެ ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ފުޅުދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސްކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ މި ކޯސް ފުރިހަމަ ކުރުމަށްޓަކައި ކުރި މަސައްކަތް، މަސައްކަތުގެ މާހައުލުގައި ދައްކަން ވާނެކަމަށެވެ. އޭވިއޭޝަން ސެކިއުރިޓީންނަކީ ވަރަށް ޒިންމާދާރުވެރި ބައެއްކަމަށާއި އެއަރ ލައިނެއް ފުރުވާލެވޭނީ އޭވިއޭޝަން ގެ ބޭފުޅުންގެ އެއްބާރުލާމާއެކުގައިކަން ފާހަގަ ކުރެއްވިއެވެ. އޭވިއޭޝަން ސެކިއުރިޓީގެ ކޮމާންޑަރ ބްރިގޭޑިޔަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުވި ދާޅުވީ އޭވިއޭޝަން ސެކިއުރިޓިއަކީ ދިވެހިރާއްޖޭގައި ސަލާމަތާއި ރައްކާތެރިކަމުގެ މަސައްކަތާއި ޚިދުމަތް ދިނުމުގައ މުހިންމު މުއައްސަސާއެއްކަމަށެވެ. އަދި އޭވިއޭޝަން ސެކިރިޓީގެ ޤަވައިދުތަކާއި ތަންފީޒީ ބާރުގެ ތެރެއިން މެނުވީ ދިވެހިރާއްޖޭގެ ބައިނަލް އަގުވަމީ އެއްވެސް އެއާޕޯޓެއް އޮޕަރޭޓް ކުރަމުން ނުގެންދެވޭނެވިދާޅުވިއެވެ.މި ކޯހުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ވައިގެ ބަނދަރުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ހަރަކާތްތެރިވާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުއައްޒަފުންނަށް އަމަލީ މައިދާނުގައި ހަރަކާތްތެރިވުމަށް ބޭނުންވާ އޭވިއޭޝަން ސެކިއުރިޓީއާއި ބެހޭ ބޭސިކް ތަމްރީނާއި ހުނަރު ދަސްކޮށްދިނުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.މި ކޯސް ކުރިޔަށް ގެންގޮސްފައިވަނީ 16 އޮގަސްޓުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. މިކޯހުގައި އެއާޕޯޓްގެ މާހައުލަށް ރައްކާތެރިކަމާއެކު ހަރަކާތްތެރިވާނެ ގޮތާއި ސަރަހައްދު ތަކަށް ވަދެ ނިކުމެވާ މީހުން ބަލާ ފާސްކުރާނެ ގޮތް ދަސްކޮށްދީފައިވެއެވެ.އެއާރ ޕޯޓްގެ އެކި ސަރަހައްދުތަކުގައި ފޯރިމަރާއިގެންނާއި ފައިމަގުގަޔާއި ދުއްވާ އެއްޗެހީގައި ޕެޓްރޯލްކޮށްގެން ބަލަހައްޓާނެ ގޮތްތައްވެސް މި ކޯހުގައި ދަސްކޮށްދީފައިވާކަމަށް އޭވިއޭޝަން ސެކިއުރީޓީން މައުލޫމާތުދެއެވެ.މި ކޯހުގައި ކިޔަވާދީފައިވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަރާއި، މޯލްޑިވްސް ނެޝަނަލް ނެޝަނަލް ޑިފެންސްފޯސްއާއި ، މޯލްޑިވްސް ކަސްޓަމްސް ސާރވިސް ގެ އިތުރުން މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އިންސްޓްރްކްޓަރުނެވެ.