ޚަބަރު

ބީޗް ޕެވީލިއަންއެއް ތަރައްގީކުރަން އެމްޑަބްލިއުއެސްސީއަށް


ބީޗް ޕެވީލިއަންއެއް ތަރައްޤީކޮށް ހިންގާ ބެލެހެއްޓުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އެމް.ޑަބްލިއު.އެސް.ސީއަށް ހަވާލުކޮށްފިއެވެ. މިއަދު ޝީ ބިލްޑިނގް ގައި ކުރިޔަށްގެންދިޔަ މިރަސްމިޔާތުގައި މާލޭ ހުޅަނގު ފަރާތުގައި އަލަށް ހަދާ ބީޗް ޕެވީލިއަން ހިންގާ ބެލެހެއްޓުމާގުޅޭގޮތުން އެމްޑަބުލިއުއެސްސީއާއި ހައުސިންގ މިނިސްޓްރީއާއި ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒުއެވެ. އެމް.ޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ  އެކުންފުނީގެ މެނޭގިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުއެވެ.މި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބީޗް ޕެވިލިއަންއަކީ ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް ލިބިގެންދާނެގޮތަށް ފަރުމާ ކުރެވިގެން ދާނެތަނެއްކަމަށެވެ. އަދި މިތަނަކީ ޒަމާނީ ކޮންސެޕްޓެއްގެ ދަށުން ފަރުމާކުރެވި ތަރައްޤީ ކުރެވިގެންދާ ތަނެއްކަމަށް މިނިސްޓަރ މިނިސްޓަރ ގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.މިރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ މިއަދުން ފެށިގެން އަށް މަސްދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތް ނިންމާލެވޭނެކަމަށެވެ. މިއަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް ވަގުތީ ފާޚާނާއަކާއި ފެންވެރޭނެ ނިޒާމެއް ޤާއިމް ކުރެވިގެންދާނެކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ،މި މަޝްރޫއުގެ ދަށުން މިސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތައް ހިތްހަމަޖައްސާލުމަށްޓަކައި މަޑުކޮށްލައިގެން ތިބެވޭނެގޮތަށް އޯޕަން އޭރިޔާއަކާ ކެފޭއެއް ގާއިމްކުރެވިގެންދާނެކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ.