ވިޔަފާރި

ނެގުން ހުއްޓާލީ ދަންވަރު ނަގާ ސްޓީވްޑޯރިން ސާރޗާޖް އެކަނި- އެމްޕީއެލް


އެމްޕީއެލްއިން ނެގުން ހުއްޓާލީ ސްޓީވްޑޯރިން ސާރޗާޖްކަމަށާއި ޓެރިފްތަކުގެ ތެރޭގައި ހިމެނޭ އެހެން ސަރޗާޖްތައް ކުރިއެކޭ އެއްގޮތަށް ނަގަމުންދާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ބުނެފިއެވެ.

އެމްޕީއެލްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެކުންފުނިން ނަގާ ޓެރިފްތަކަށް ގެނެވުނު ބަދަތަކާއި އެ ބަދަލުތަކަށް އަމަލުކުރަން ފެށޭ ތާރީހުތައް އާއްމުކޮށްފައިވާއިރު، ގެނެވުނު ބަދަތަކާ ގުޅިގެން، ކަސްޓަމަރުންނަށް އޮޅުންތަކެއް އަރަމުންދާކަމަށެވެ.

އެމްޕީއެލްއިން ބުނީ ކުރިން ނަގަމުންދިޔަ ފީތަކުގެ ތެރެއިން، މިދިޔަމަހުގެ 13 ވަނަ ދުވަހުން ފެށިގެން ނެގުން ހުއްޓާލީ ރޭގަނޑު 23:30 އިން ހެނދުނު 7:30 އާ ދެމެދު ނަގާ 30 އިންސައްތަ ސްޓީވްޑޯރިން ސާރޗާޖްކަމަށެވެ. މިއީ ހަމައެކަނި، ރޭގަނޑު 23:30 އިން ހެނދުނު 7:30 އާ ދެމެދު ނަގާ ސްޓީވްޑޯރިން ސަރޗާޖަށް ގެނެވުނު ބަދަލެއްކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ. އަދި އެ ކުންފުނިން ނަގާ ޓެރިފްތަކުގެ ތެރޭގައި ހިމެނޭ އެހެން ސަރޗާޖްތައް ކުރިއެކޭ އެއްގޮތަށް ނަގަމުންދާނެކަމަށްވެސް އެމްޕީއެލްގެ ބަޔާނުގައިވެއެވެ.

ރޭގަނޑު ނަގާ 30 ޕަސެންޓުގެ ސާޗާޖު އުވާލުމަށް އެމްޕީއެލްއިން ނިންމާފައިވަނީ ރާއްޖެއަށް ގެންނަ މުދާ ކްލިއާ ކުރަން ޑެލިވަރި އޯޑާއަށް އޭޖެންޓުން ތަފާތު ނަން ނަމުގައި ފީތައް ނަގަމުން އަންނާތީއެވެ.