ކުޅިވަރު

މި ސްކޮޑުން ޔުނައިޓެޑަށް ފުދޭ: ސޯލްޝެއާ


މެންޗެސްޓަރ ޔުނައިޓެޑުގައި އޮތީ ބޮޑު ސްކޮޑެއް ކަމަށާއި މި ވަގުތާ ބަލާފައި ޓީމަށް މި ސްކޮޑުން ފުދޭކަމަށް އެޓީމު ކޯޗު އޮލެގަނަ ސޯލްޝެއާ ބުނެފިއެވެ.

ލީގުގައި މިރޭ ޓޮޓްނަމާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ސޯލްޝެއާ ބުނީ ކުލަބުން އަބަދުވެސް އައު ކުޅުންތެރިން ހޯދައި ޓީމު ވަރުގަދަކުރަން ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށެވެ. ސޯލްޝެއާ ބުނީ އޭނާގެ ރޭވުންތަކާއި އަމާޒު އެހެން ކުލަބުތަކާއި އަޅާބަލާއިރު ތަފާތުކަމަށާއި އޭނާ ބޭނުންވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީގެން ކުރިޔަށްދާން ކަމަށެވެ.

އޭނާ ބުނީ ކުލަބުގައި ރަނގަޅު ގިނަ ކުޅުންތެރިން އެބަތިބި ކަމަށާއި މިވަގުތު ކުލަބާއެކު ކުރެވެމުންދާ މަސައްކަތާމެދު ހިތްހަމަޖެހޭކަމަށެވެ. ޔުނައިޓެޑުން ލީގުގައި ކުޅުނު ދެ މެޗުގެ ތެރެއިން މިހާތަނަށް އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ މެޗެކެއެވެ.