ކުޅިވަރު

ސެވިއްޔާ ވަރުގަދަ ނަމަވެސް ޓީމާމެދު އިތުބާރު އެބައޮތް: ކޫމަން


ސްޕެނިޝް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ނުކުންއިރު އެޓީމު ވަރުގަދަކަމަށާއި އެހެން ނަމަވެސް ބާސެލޯނާއާ މެދު ފުރިހަމަ އިތުބާރު އެބައޮތްކަމަށް އެޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު ބުނީ ހުރީހާ އިރެއްގައިވެސް ވާދަވެރިޔެއްގެ ގޮތުގައި ސެވިއްޔާ ވަރަށް ވަރުގަދަކަމަށެވެ. އެހެންކަމުން މެޗުން ނަތީޖާއެއް ހޯދުމަކީ އެހާ ފަސޭހަކަމަކަށް ނުވެދާނެކަމަށް ކޫމަށް ބުންޏެވެ. ސެވިއްޔާގަ ހުރީ ރަނގަޅު ކޯޗެއް ކަމަށާއި ޓެކްނިކަލީ ވެސް އެޓީމުން މޮޅަށް ކުޅޭކަމަށެވެ.

ބާސެލޯނާ އޮތީ އެންމެފަހުން ކުޅުނު ދެ މެޗުން ހޯދީ މޮޅާއެކު އިތުބާރާއެކު ކަމަށް ކޫމަން ވަނީ ބުނެފައެވެ. އޭނާގެ ވަޒީފައަކީ ކޮންމެ މެޗަކަށްވެސް ބާސެލޯނާގެ އެންމެ މޮޅު ޓީމު ނެރުންކަމަށާއި އެގޮތުން އެމެޗަކަށް ނެރޭނީ އެ މަގާމެއްގައި އެންމެ މޮޅަށް ކުޅޭނެ ކުޅުންތެރިންކަމަށް ކޫމަން ބުންޏެވެ.