ކުޅިވަރު

ސާފް ސުޒުކީ ކަޕްގައި ދިވެހިރާއްޖެ އަފްޣާނިސްތާނާ އެއް ގްރޫޕަކަށް




ސާފް ސުޒުކީ ކަޕްގައި ދިވެހިރާއްޖެއާ އަފްޣާނިސްތާން
އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ.

މިއަދު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ނެގި
ޑްރޯއަށްފަހު ރާއްޖެ ލައްވާލާފައިވަނީ ގްރޫޕް ބީގައެވެ. މި ގްރޫޕްގައި ރާއްޖެއާ
އަފްޣާނިސްތާނާއެކު ދެން ހިމެނެނީ ބޫޓާނާ ބަންގްލަދޭޝްއެވެ. ގްރޫޕް އޭގައި ހިމެނެނީ
އިންޑިއާ، ޕާކިސްތާން، ނޭޕާލް އަދި ސްރީލަންކާ އެވެ.

ޑިސެމްބަރ ތޭވީހުން ޖެނުއަރީ
ތިނަކަށް އިންޑިއާގެ ޓްރިވެންޑްރަމްގައި ކުރިއަށްދާ މިމުބާރާތް މިފަހަރު ކުޅޭނީ ސާފް
ޗެމްޕިއަންޝިޕްގެ ބަދަލުގައި ސާފް ސުޒުކީ ކަޕްގެ ނަމުގައެވެ. މުބާރާތުގެ ފުރަތަމަ
މެޗްގައި ރާއްޖެ ޑިސެމްބަރ 24 ވަނަ ދުވަހު ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ.
ޑިސެމްބަރ 26 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ނިކުންނައިރު،
ގްރޫޕްގެ ފަހު މެޗްގައި ޑިސެމްބަރ 28 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ އެންމެ
ފަހުގެ ޗެމްޕިއަން އަފްޣާނިސްތާނާ ދެކޮށެވެ.

ރާއްޖެ ހިމެނޭ ގްރޫޕްގައި ސާފްގެ ތަށި
ނުލިބޭ ޓީމަކަށް އޮތީ ބޫޓާން އެކަންޏެވެ.