ކުޅިވަރު

ޗެމްޕިއަންސް ލީގު ގުރުއަތުލުން: މޭސީ އާއި ރޮނާލްޑޯގެ ކުރިމަތިލުމެއް


ޔުއެފާ ޗެމްޕިއަންސް ލީގުގައި މިފަހަރު އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އާއި ސްޕެއިންގެ ބާސެލޯނާ އެއް ގުރޫޕެއްގައި ލައްވާލައިފިއެވެ.

މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ބާސެލޯނާއާ ޔުވެންޓަސްގެ އިތުރުން މި ދެ ޓީމުގެ ވާދަވެރިކަމަށްވުރެ ބޮޑަށް ފާހަގަކުރެވެނީ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއީ މެސީގެ ކުރިމަތިލުމެއްގެ ގޮތުގައެވެ. މިއީ ޔުވެންޓަސް އަށް ރޮނާލްޑޯ ބަދަލުވިފަހުން މި ދެއްކުޅުންތެރިން ކުރިމަތިލާނެ ފުރަތަމަ ފަހަރުއެވެ.

މިގުރޫޕްގައި ދެން ހިމެނެނީ ޔުކްރޭއިންގެ ޑައިނަމޯ ކިއޭވް އާއި ހަންގޭރީގެ ފްރެންސް ވަރުޝީއެވެ. މުބާރާތް 13 ފަހަރު ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑް ހިމެނެނީ ޔުކްރެއިން ޝަކްތާރް ޑޮނެސްކާއި މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވާ އިންޓަ މިލާން އާއި ޖަރުމަނުގެ ބްރޫޝިޔާ މޮއެންޗެންގްލަބަޗް އެއް ގުރޫޕެއްގައެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އެތުލިޓިކޯ މެޑްރިޑާއި ސަލްޒްބާގް އަދި ލޮކެމޯޓިވް މޮސްކޯ ލައްވާލި އެއް ގުރޭޕެއްގައެވެ.