ކުޅިވަރު

ލީގު ކަޕުގެ ކުއާޓާ ފައިނަލުގައި ސިޓީއާ އާސެނަލުގެ ކުރިމަތިލުމެއް


އިނގިރޭސި ލީގު ކަޕުގެ ކުއާޓާ ފައިނަލުގައި އެންމެފަހު ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި އާސެނަލް ވާދަކުރަން ޖެހިއްޖެއެވެ.

ކުއާޓާ ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑް ނުކުންނާނީ އެވަޓަންއާ ދެކޮޅަށެވެ. މުބާރާތުގެ އެންމެ ފަހު ތިން ސީޒަނުގައި ވެސް ޗެމްޕިއަން މެންޗެސްޓަރ ސިޓީ ރަށުން ބޭރުގައި ކުއާޓާ ފައިނަލުގައި އާސެނަލްއާ ވާދަކުރާއިރު ޔުނައިޑެޓުވެސް ނުކުންނާނީ ރަށުން ބޭރުގައި އެވަޓަންނާ ދެކޮޅަށެވެ.

ކުއާޓާ ފައިނަލުގެ އެހެން މެޗުތަކަށް ބަލާލާއިރު ޓޮޓްނަމް ރަށުން ބޭރުގައި ނުކުންނީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ސްޓޯކް ސިޓީއާ ދެކޮޅަށެވެ. ނިއުކާސަލް ނުކުންނާނީ ކުއާޓާ ފައިނަލުގައި އަލަށް ވާދަކުރާ ޗެމްޕިއަންޝިޕްގެ ބްރެންފޯޑްއާ ދެކޮޅަށެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް އޮންނާނީ އަންނަ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުގެރެއެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އަންނަ ޖެނުއަރީ މަހުގެ 5 އަދި 6 ވަނަ ދުވަހު ކުޅޭއިރު މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ވެންބްލީ ސްޓޭޑިއަމްގައެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް އަންނަ އަހަރު ޔުއެފާއިން މުޅިން އަލަށް ފަށާ ޔުއެފާ ކޮންފަރެންސް ލީގުން ޖާގަ ލިބޭނެއެވެ.