ކުޅިވަރު

ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލެވޮންޑެސްކީ އަށް


ޔޫއެފާއިން ހޮވާ މިދިޔައަހަރު އެންމެ މޮޅު ކުޅުންތެރިޔާ މަގާމް ޖަރުމަނު ބަޔާންމިއުނިކްގެ ރޮބާޓޯ ލެވެންޑޮސްކީއަށް ލިބިއްޖެއެވެ.

މިއެވޯޑާ ލެވެންޑޮސްކީއާ އެންމެ ގާތުން ވާދުކުރީ ބަޔާން މިއުނިކްގެ ކީޕަރު މެނުއަލް ނޯޔާ އާއި އިނިގރޭސިވިލާތުގެ މެންޗެސްޓަރ ސިޓީގެ ކެވިން ޑި ބުރުއެނާއެވެ.

އުމުރުން 32 އަހަރު ލެވޮންޑެސްކީ ވަނީ ބަޔާން މިއުނިކަށް ކުޅުނު 47 މެޗުގައި 55 ލަނޑު ކާމިޔާބުކޮއްދީފައެވެ. އޭނާގެ ގޯލްތަކުގައި އެހީގައި ހުސްވި ސީޒަނުގައި ބަޔާންމިއުނިކުން ވަނީ ޗެމްޕިއަންސްލީގާއި، ޖަރުމަނު ލީގާއި، ޖަރުމަނު ކަޕް ކާމިޔާބުކޮށްދީފައެވެ. އެތިން މުބާރާތުގެ އިތުރުން ލެވޮންޑެސްކީގެ އެހީގަވަނީ ޔޫރަޕައިން ސުޕާ ކަޕާ ޖަރުމަނު ސުޕަކަޕުވެސް މިހާރު ކާމިޔާބުކޮށްފައެވެ. ލެވޮންޑޮސްކީ ވަނީ ހުސްވި ސީޒަންގައި ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ކުޅުނު 10 މެޗުގެތެރެއިން 15 ލަނޑު ބަޔާންމިއުނިކަށް ކާމިޔާބުކޮށްދީފައެވެ.

މިދިޔައަހަރު އެންމެ މޮޅު ފޯވާޑްގެ މަގާމްވެސް ލިބުނުނީ ލެވޮންޑެސްކީ އަށެވެ. މިދިޔައަހަރު އެންމެ މޮޅުއަންހެން ކުޅުންތެރިޔަކަށް ހޮވުނީ މިދިޔައަހަރު ވުލްފްބާގަށް ކުޅުނު މިހާރު ޗެލްސީގެ ކުޅުންތެރިޔާ ޕާނިލް ހާޑާއެވެ. އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރޮބާޓޯ ލެވެންޑޮސްކީ އަށް މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ މި ޔޫރަޕުގެ 80 ކުލަބެއްގެ ކޯޗުންގެ ވޯޓާއި 55 ނޫސްވެރިންގެ ވޯޓުންނެވެ.