ކުޅިވަރު

ލީގުކަޕާ މެދު ނުވިސްނަން، ވިސްނުން ހުރީ ޔުރޮޕާ ލީގަށް: މޮރީނިއޯ


އިނގިރޭސި ލީގު ކަޕުގެ ހަތަރު ވަނަ ބުރުގައި މިރޭ ޗެލްސީއާ ދެކޮޅަށް ނުކުންނައިރު އެ މުބާރާތާ ދޭތެރޭގައި މާބޮޑަށް ނުވިސްނާކަމަށާއި ހުރިހާ ވިސްނުންމެއް ހުރީ ބުރާސްފަތި ދުވަހުގެރޭ ކުޅޭ ޔޫރޮޕާ ލީގުގެ ޕްލޭ އޮފް މެޗަށްކަމަށް ޓޮޓްނަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ މި މުބާރާތުގައި ކިތަންމެ ވާދަކުރަން ބޭނުން ކަމުގައި ވިޔަސް މިވަގުތުގައި މި މުބާރާތައް ސަމާލުކަން ދެވެން ނެތްކަމަށެވެ. ބުރާސްފަތި ދުވަހުގެރޭ އޮތް މެޗުން ޗެމްޕިއަންސް ލީގުގައި ވާދަކުރުމަށް މާގިނަ ލާރިތަކެއް ނުލިބުނުކަމުގައި ވިޔަސް އެމެޗުން ޔުރޮޕާ ލީގުގެ ގުރޫޕް ސްޓޭޖުން ޔަގީން ޖާގެއް ލިބޭނެތީ ޓޮޓްނަމް ކަހަލަ ކުޑަ ކުލަބަކަށް އެއީ މާ މުހިންމުކަމެއް ކަމަށް މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ އެފުރުސަތު ލިބިއްޖެނަމަ މުބާރާތުގެ ނޮކައުޓް ބުރުން ޖާގަ ހޯދަމުގެ ފުރަސަތު އޮންނާނެތީ އެ މެޗު ހުރިހާ ގޮތަކުން ވެސް މުހިންމުކަމަށެވެ. މޮރީނިއޯ ބުނީ ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން ޓީމަށް އަނިޔާގެ މައްސަލަތައް ކުރިޔަށް އޮތްތާގައި ކުރިމަތިވާނެކަމަށެވެ. މިރޭގެ މެޗަށް ނެރޭ ޓީމުން ވެސް ބަދަލުތަކެއް ފެންނާނެ ކަމަށް މޮރީނިއޯ ބުންޏެވެ.