ކުޅިވަރު

އައު ކުޅުންތެރިންނާއެކު ޓީމުގެ އުންމީދު ބޮޑު: ސިމިއޯނީ


މި ސީޒަނުގައި އަލަށް ގުޅުނު ކުޅުންތެރިންނާއެކު ޓީމުގެ އުންމީދު ބޮޑުކަމަށް އެތުލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފިއެވެ.

ލީގުގެ ފުރަތަމަ މެޗުގައި ގްރެނާޑާ އަތުން ހޯދި ބޮޑު މޮޅަށްފަހު ވާހަކަ ދައްކަމުން ސިމިއޯނީ ބުނީ ކާމިޔާބު ލިބޭނީ ކާމިޔާބު ލިބޭގޮތަށް މަސައްކަތްކޮށްގެން ކަމަށާއި ކާމިޔާބާ ހަމަޔަށް ދެވޭނީ ވަރުގަދަ ސްކޮޑެއް އޮވެގެންކަމަށެވެ. ސްކޮޑުގައި އެކި ގޮތްގޮތަށް ބޭނުންކުރެވޭ ކުޅުންތެރިން ތިބުމަކީ ބޮޑު ހިތްހަމަޖެހުމެއްކަމަށާއި އެޓީމުން މިހާތަނަށް މަސައްކަތް ކުރަމުން ދިޔައީ އެގޮތަށް ސްކޮޑު ބައްޓަން ކުރަންކަމަށް ސިމިއޯނީ ބުންޏެވެ.

ޓީމާ އަލަށް ގުޅުނު ކުޅުންތެރިން ވަރަށް ރަނގަޅު ކަމަށާއި އެކުޅުންތެރިން ކުލަބާ ގުޅުނީ ކީއްކުރަންކަން ކުޅުންތެރިން ސާބިތުކޮށްދެމުންދާކަމަށް އެތުލިޓިކޯގެ ކޯޗު ބުންޏެވެ.

ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑް ދެން ކުޅޭ މެޗުގައި ބުދަ ދުވަހުގެރޭ ރަށުން ބޭރުގައި ނުކުންނާނީ ހުއެސްކާ ދެކޮޅަށެވެ.