އެޑިއުކޭޝަން މިނިސްޓްރީގެ އައު ބިޑު ކޮމިޓީ އެކުލަވާލާފައި ވަނީ އެކަމާ ގުޅިގެން ހަދާފައިހުރި ޤަވައިދާއި އުސޫލުތަކާ އެއްގޮތަށްކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
 
އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ހާމަކުރައްވާފައިވަނީ ރާއްޖޭގެ މީޑިއާއެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ބިޑު ކޮމިޓީއާ ގުޅެގޮތުން ދައްކާފައިވާ ވާހަކަތަކާގުޅިގެންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ލިޔުމުގައި ވާކަންކަން ދޮގުކުރައްވާ ބަޔާނެއް ނެރެފައެވެ. 
މިގޮތުން މި ބަޔާނުގައި މިނިސްޓްރީން ވިދާޅުވީ  އެ ލިޔުމުގައި ހިމަނާފައިވާ މަޢުލޫމާތުތަކަކީ ހަޤީގަތެއް ނެތް ދޮގު މަޢުލޫމާތުތަކެއް ކަމަށާއި މަޢުލޫމާތުގެ ތެދު ދޮގު އޮޅުން ފިލުވުމަށް އެ މިނިސްޓްރީއަށް ގުޅާފައިނުވާކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ  މިއހަރުގެ ފެބްރުއަރީމަހުގެ 18ވަނަ ދުވަހު ބިޑު ކޮމިޓީ އަލުން އެކުލަވާލާފައިވަނީ ކުރިން މަސައްކަތް ކުރަމުން ދިޔަ ބިޑް ކޮމިޓީގެ ދައުރު ހަމަވެގެންކަމަށެވެ.