މުނިފޫހިފިލުވުން

ދިވެހި ކުންފުންޏެއްގެ ފުރަތަމަ ހިންދީ ފިލްމް ފަރިވާ ފިލްމްސް އިން


ރާއްޖޭގެ ކުންފުންޏަކުން އުފައްދާ ފުރަތަމަ ހިންދީ ފީޗަރ ފިލްމް ފަރިވާފިލްމްސް އިން ޢިއުލާނު ކޮށްފިއެވެ. "އާންކޯބަރް އާކާޝް" ގެނަމުގައި ފަރިވާ ފިލްމްސް އިން އުފައްދާ މިފިލްމަކީ، ފަރިވާ ފިލްމްސްގެ ބާނީ މަޚުމާ ހުސައިން ރަޝީދު، 1992 ވަނަ އަހަރު ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. އިންޑިޔާގެ ފިލްމު ޕްރޮޑިއުސަރެއް ކަމަށްވާ ދީޕަކް ރާޖް ޝަރްމާއާއި ގުޅިގެން އުފެއްދުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ވާހަކަ، މިޒަމާނަށް ފެތޭކަހަލަ ގޮތަކަށް ބަދަލުކުރެވިފައި ވާނެކަމަށް ފަރިވާފިލްމްސް އިން މަޢުލޫމާތުދެއެވެ. އެ ކުންފުންޏަށް ފަންސަވީސް އަހަރު ފުރުން ފާހަގަކުރުމަށާއިއެކު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި، ފިލްމް ޢިއުލާން ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދެވެ. އިންޑިޔާގެ އުތުރުގެ ސަރަހައްދެއްގައި ޝޫޓްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ މަސައްކަތް ކުރިއަށްއޮތް ތިންމަހެއްހާ ދުވަހުގެ ނިންމާލެވޭނެ ކަމަށް ފަރިވާ ފިލްމްސް އިން މަޢުލޫމާތު ދެއެވެ.