ޚަބަރު

އަޟްހާ ޢީދުގެ ބަންދުވަސްތަކަށް ބަދަލު ގެންނަވައިފި


މާދަމާއަކީ މިއަހަރުގެ ހައްޖުމަހުގެ ފުރަތަމަ ދުވަސްކަމުގައި ސައުދީ އަރަބިއްޔާއިން ހާމަކުރުމާއި ގުޅިގެން މިއަހަރުގެ އަޟްހާ ޢީދުގެ ބަންދުވަސްތަކަށް ބަދަލު ގެންނަވައިފިއެވެ.  ޢީދު ބަންދަށް މި ގެނެވުނު ބަދަލުގެ ތެރެއިން ކުރިން ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅާފައި ވާ ސެޕްޓެމްބަރ މަހުގެ 20، 21 އަދި 22 މި ތިންދުވަހަކީ ސަރުކާރުގެ ރަސްމީ ދުވަސްތަށް ކަމަށް ކަނޑައަޅުއްވާފައި ވާކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އަދި ކުރިން ރަސްމީދުވަހެއްގެ ގޮތުގައި އޮތް ސެޕްޓެމްބަރ 27 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މިހާރު ކަނޑައަޅުއްވާފައި ވާކަމަށް ވެސް ރައީސް އޮފީހުން ނެރުއްވި ބަޔާނުގައިވެއެވެ. ސައުދީ އަރަބިއްޔާއިން ވަނީ، ރޭ ހައްޖުމަހުގެ ހަނދު ފެނިފައިނުވާކަމަށާއި މިއަދަކީ ޒުލްޤައިދާ މަހުގެ 30 ވަނަ ދުވަސްކަމަށް އިއުލާން ކޮށްފައެވެ.