ކުޅިވަރު

16 އަހަރުންދަށުގެ ގައުމީ ޓީމަށް ހިލޭ ގުޅޭނެ - އުރީދޫ


ފަލަސްތީންއަށް ދިޔަ ޒުވާން ޤައުމީ ޓީމަށް ހިލޭ ގުޅޭނެ ގޮތް އުރީދޫއިން
ހަމަޖައްސައިފި. 

ފަލަސްތީންގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޭއެފްސީ
ސޯޅަ އަހަރުންދަށުގެ ޗެންޕިއަންޝިޕް ކޮލިފިކޭޝަންއަށް ގައުމީ ސޯޅަ އަހަރުންދަށުގެ
ޓީމް ފުރާފައިވަނީ މިއަދު ހެދުނުއެވެ.

އެފްއޭއެމްގައި މިކަމަށްޓަކައި މިއަދު ބޭއްވި
ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫއިންވަނީ ފަލަސްތީނަށް ދިޔަ ޤައުމީ ޓީމްގެ
ކުޅުންތެރިންގެ ބެލެނިވެރިނަށް ހާއްސަ ސިމްކާޑެއް ހަވާލްކޮށްފައެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ
ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ފަލަސްތީނަށް މިކޮލިފިކޭޝަން މެޗްތަށް ކުޅުމަށް
މިކުދިން ދާންޖެހުމުން، އެކުޅުންތެރިންގެ ބެލެނިވެރިން ވަރަށް ކަންބޮޑުވިކަމަށާ
ހާއްސަކޮށް ފަލަސްތީން ކަހަލަ ގައުމަކަށް ދާންޖެހުމުން އެފްއޭއެމްއަށް ވަރަށް
ގިނަ ސުވާލްތަކެއް ކުރިމަތިވިކަމަށެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން
އެފްއޭއެމްގެ އެދުމުގެ މަތީން އުރީދޫއިން މިތައާރަފް ކުރިި ސމްގެ ސަބަބުން ކޮންމެ
ވަގުތެއްގައިވެސް ކޮންމެ ބެލެނިވެރިއަކަށްވެސް ފަލަސްތީނަށް ހިލޭ ގުނޭނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.


އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ބައްސާމް ވިދާޅުވީ ގައުމީ ސޯޅަ އަހަރުން ދަށުގެ
ޓީމް ފަލަސްތީނަށް ފޮނުވުމަށް އެފްއޭމްއިން ނިންމީވެސް ސަލާމަތީ ކަންތަށްތަކަށް
ބާލާފަކަމަށާއި، އަދި އޭއެފްސީގެ މުބާރާތަކަށްވުމުން އެފަރާތުންވެސް ކުދިންގެ
ސަލާމަތަށް ވަރަށް ބޮޑަށް ބާލާނެކަމަށް ބައްސާމް ވިދާޅުވިއެވެ. ހާއްސަކޮށް
ފަލަސްތީންގެ ފެޑޭރޭޝަންއާއެކުވެސް މިކަމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާކަމަށް
ބައްސާމް ވިދާޅުވިއެވެ.



 އުރީދުގެ ހެޑްއޮފް ސޭލްސް ޙުސައިން
ނިޔާޒު ވިދާޅުވީ މިސިމްކާޑް ބޭނުންކޮށްގެން މުބާރާތް ނިމެންދެން ކޮންމެ
ބެލެނިވެރިއަކަށްވެސް ފަލަސްތީނަށް ހިލޭ ގުޅޭނެކަމަށެވެ.