ސިއްހަތު

ލޭ ނެގުމުގެ އުސޫލުތަކާއި ގުޅޭ ތަމްރީން ޕްރޮގްރާމެއް ފަށައިފި


ލޭނެގުމުގެ އާހުނަރުތައް ދަސްކޮށްދިނުމާއި ލޭ ނެގުމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމުގެ ގޮތުން އައި.ޖީ.އެމް.އެޗާއި ބީ.ޑީ ކޮމްޕެނީ އާއި މެޑްލެބް ޑައިގްނޯސް ގުޅިގެން ޓްރެއިނިންގ ޕްރޮގްރާމާއެއް ފަށައިފިއެވެ." ފްލެބޮޓޮމީ ޓްރެއިނިންގ" ޕްރޮގްރާމްގެ ނަމުގައި 4 ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޓްރެއިނިންގ ޕްރޮގްރާމަކީ އައި.ޖީ.އެމް.އެޗްގައި މަސައްކަތް ކުރާ ލެބޯޓްރީ ޓެކްނީޝަނުންނާއި ނަރުހުންނަށް އަމާޒުކުރެވިގެން ކުރިޔަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމެއްކަމަށް އައި.ޖީ.އެމް.އެޗުން މައުލޫމާތުދެއެވެ.މި ޓްރެއިނިން ޕްރޮގްރާމްގެ ސަބަބުން މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު ހުނަރު ދަސްވެގެންދާނެކަމަށް އައިޖީއެމްއެޗްގެ ކޮންސަލްޓެންޓް ޕެތޮލޮޖިސްޓް ޑރ.މިރުޒާ އަބުދުއްސަމަދު ވިދާޅުވިއެވެ.މި ޓްރެއިނިންގ ޕްރޮގްރާމްގެ ދަށުން ލޭނެގުމުގައި ގެންގުޅޭ، އެންމެ ފަހުގެ ބައިނަލް އަގުވާމީ އުސޫލްތަކާއި އެއްގޮތަށް ލޭނެގުމާއި އަދި ލޭނެގުމުގައި ގެންގުޅޭނެ ގޮތްތަކާއި އުސޫލުތައް މި ޓްރެއިނިންގ ޕްރޮގްރަމްގައި ކިޔާދިނުމަށް ވަނީ ހަމަޖެހިފައެވެ.މިފަދަ ޓްރެއިނިންގ ޕްރޮގްރާމްތަކުގެ ސަބަބުން މިދާއިރާގެ މީހުންގެ ހުނަރު އިތުރަށް ތަރައްގީވެ، މަސައްކަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.