ޚަބަރު

"އިންޑިއަން ސްޕައިސް ރޫޓް ޗެލެންޖް" ނިންމާލައިފި


ދިވެހި ރާއްޖެއާއި އިންޑިޔާއާއި ދެމެދު ދާހިލީ ގުޅުން ޤާއިމް ކުރިތާ ފަންސާސް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިންޑިޔަން ހައިކޮމިޝަނުން އިންތިޒާމްކޮށްގެން "އިންޑިއަން ސްޕައިސް ރޫޓް ޗެލެންޖް" ގެ ނަމުގައި ބޭއްވި ކެއްކުމުގެ މުބާރާތުގެ އެއްވަނަ އައިމިނަތު ޢަބުދުއް ރަޝީދު ހޯދައިފިއެވެ. ދިވެހި ޤައުމީ ޔުނިވަސިޓީގެ އިތުރުން ހޮޓެލް ޖެންއާއި ގުޅިގެން ހައިކޮމިޝަނުން ބޭއްވި މި މުބާރާތުގެ އެއްވަނަ އޭނާ ހޯދާފައި ވަނީ، އިއްޔެ ހަވީރު ހޮޓެލް ޖެންގެ އަޒޫރް ރެސްޓޯރެންޓްގައި ބޭއްވި ބޭއްވި ފައިނަލް ކެއްކުމުގައި ހަތަރު ފައިނަލިސްޓުންނާއި ވާދަކޮށެވެ. މި މުބާރާތުގެ އެއްވަނައަށް 15,000 ރުފިޔާގެ ފައިސާގެ އިނާމެއްގެ އިތުރުން، ތާޖް އެކްޒޯޓިކާ ރިޒޯޓްގައި 2 މީހަކަށް ދެ ދުވަސް ހޭދަކުރުމުގެ ފުރުސަތާއި، މޯލްޑިވިއަންގައި އިންޑިޔާއަށް ދަތުރުކުރުމަށް ދެމީހެއްގެ ދެކޮޅު ޓިކެޓާއި، ހޮޓެލް ޖެންގައި 6 މީހެއްގެ ރޭގަނޑުގެ ކެއުން ހުށައަޅާފައިވެއެވެ. މިއީ އިންޑިޔާގެ ރަހަތަކަށް ހާއްސަކޮށްގެން ބޭއްވި ކެއްކުމުގެ މުބާރާތެކެވެ.