ކުޅިވަރު

ޕްރެޒިޑެންޓްކަޕްގެ މެޗުތައް ދައްކަން ބޭނުންވާ ފަރާތެއް ހޯދަނީ


ޕަބްލިކް ސަރވިސް މީޑިއާއި ގުޅިގެން ޕްރެޒިޑެންޓްކަޕްގެ މެޗުތައް ވަގުތުން ދެއްކުމުގެ ޝައުޤުވެރިކަން ހުރި ޓީވީ ޗެނަލްއެއް ހޯދުމަށް ހުޅުވާލައިފިއެވެ. ޕަބްލިކް ސަރވިސް މީޑިއާއިން ހުޅުވާލި ފުރުޞަތަކީ އެއް ދުވަހެއްގެ އެއް ވަގުތެއްގައި ކުޅޭ ދެ މެޗުގެ ތެރެއިން ޓީވީއެމްއިން ދައްކާ މެޗު ނޫން އަނެއް މެޗު ދައްކަން ޝައުޤުވެރިވާ ދިވެހި ޓީވީ ޗެނަލްއެއް ހޯދުމުގެ ފުރުޞަތެވެ. އަންނަ އަންގާރަ ދުވަހު ފަށާ މެޗުތައް އައްޑޫ ސިޓީއާއި ކުޅުދުއްފުށީގައި ކުޅޭނީ އެއް ދުވަހެއްގެ އެއް ވަގުތެއްގައެވެ. ނަމަވެސް ސެމީފައިނަލް ދެ މެޗާއި ފައިނަލް މެޗު ކުޅޭނީ އައްޑޫ ސިޓީގައެވެ. ލައިވް ކުރަން ޝައުޤުވެރިވާ ޗެނަލްތަކުގެ ތެރެއިން އެކަމަށް ކަނޑައެޅޭ ޗެނަލްއަކަށް ޕަބްލިކް ސަރވިސް މީޑިއާއިން ފައިބަރ މެދުވެރިކޮށް ލައިވް ފީޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެކަމަށް ޝައުޤުވެރިވާ މުޅި ރާއްޖެއަށް ޚިދުމަތްދޭ ޓީވީ ޗެނަލްތަކުން، ކަނޑައެޅޭ މެޗުތައް ލައިވްކުރަން ޝައުޤުވެރިވާކަން ބަޔާންކޮށް ޕަބްލިކް ސަރވިސް މީޑިއާއަށް ރަސްމީކޮށް ލިޔުމުން ޕްރޮޕޯސަލް ހުށައަޅަން ޖެހެނީ މާދަމާ މެންދުރު 14:00ގެ ކުރިންނެވެ. ޕްރޮޕޯސަލް ހުށައަޅައިގެން ކާމިޔާބުކުރާ ފަރާތުން ބޭނުންނަމަ މުބާރާތުގެ އެހެން މެޗުތައްވެސް ފޯރުކޮށްދެވޭނެއެވެ. މުބާރާތް އަންނާނީ މިމަހުގެ 15 ން އަންނަ މަހުގެ 4 އަށެވެ.