ކުޅިވަރު

ޗެމްޕިއަންކަން ފްލޭވިއާ ޕެނޭއްޓާ ހޯދައިފި




މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ
އަންހެން ސިންގަލްސް ޗެމްޕިއަންކަން އިޓަލީގެ ފްލާވިއާ ޕެނެއްޓާ ކާމިޔާބުކޮށްފި.



ރޭ
ކުޅުނު މި މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޕެނެއްޓާ ހޯދީ ހަމަ
އެޤައުމުގެ ރޮބާރޓާ ވިންޗީގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިގެންނެވެ. މި މެޗްގެ
ސެޓްތައް ޕެނެއްޓާ ގެންދިޔައީ 6-7 އަދި 2-6 ންނެވެ. މިއީ މުބާރާތުގެ
ސައްބިސްވަނައަށް ސީޑް ކޮށްފައިވާ އިޓަލީގެ ޕެނެއްޓާ ގްރޭންޑް ސްލޭމް މުބާރާތެއް
ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ތިރީސް ތިން އަހަރުގެ މި ކުޅުންތެރިޔާ ރޭ ހޯދި މި
ތައްޓާއެކު ވަނީ ޓެނިހުންވެސް ރިޓަޔާކޮށްފައެވެ. ޕެނެއްޓާ ބުނީ މި ނިންމުމަކީ މީގެ
އެއްމަސް ކުރިންވެސް ނިންމާފައިވާ ނިންމުމެއް ކަމަށާއި، މިއީ ޓެނިހާ ދުރައް ޖެހިލަން
އެންމެ ރަނގަޅު ދަނޑިވަޅު ކަމަށެވެ.