ވިޔަފާރި

ފެން ބިލު ދައްކާއިރު ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ހުރޭ- އެމްޑަބްލިޔުއެސްސީ


ޑައިރެކްޓް ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ފެން ބިލު ދައްކާއިރު ފުރިހަމަކުރަންޖެހޭ ފޯމް ފުރިހަމަކުރުމަށް ސަމާލުކަން ދިނުމަށް އެމްޑަބްލިޔުއެސްސީން އިލްތިމާސްކޮށްފިއެވެ.

އެމް.ޑަބްލިޔު.އެސް.ސީން ބުނީ އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ޗެކް އަދި ޑައިރެކްޓް ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ބިލަށް ފައިސާ ދެއްކެވި ކަމުގައިވީނަމަވެސް ބައެއް ކަސްޓަމަރުންގެ އެކައުންޓް އަޕްޑޭޓްވުމުގައި ލަސްތަކެއް ހުންނަކަމަށެވެ. މިގޮތަށް ދިމާވަނީ ޑައިރެކްޓް ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ބިލަށް ފައިސާ ދެއްކެވުމަށްފަހު އެމްޑަބްލިޔުއެސްސީން އެދިފައިވާ ގޮތުގެމަތިން ޑައިރެކްޓް ބޭންކް ޓްރާންސްފަރ ލިންކުގައިވާ ފޯރމް ފުރިހަމަނުކުރާތީކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ޗެކް އަދި ޑައިރެކްޓް ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ބިލަށް ފައިސާ ދެއްކެވުމަށްފަހު ލިންކްގައިވާ މަޢުލޫމާތު ފުރިހަމަނުކުރައްވާ ކަސްޓަމަރުން ވީއެންމެ އަވަހަކަށް މަޢުލޫމާތު ފުރިހަމަ ކުރެއްވުމަކީ މުހިއްމުކަމެއްކަމަށެވެ. އަދި އެ ޚިދުމަތް ބޭނުން ކުރައްވަމުން ގެންދަވާއިރު، ލިންކްގައިވާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލު ކުރެއްވުމަށްފަމަށްފަހު ޕޭމަންޓް ރިސީޕްޓް ފޮނުވަމުން ގެންދިޔުމަށްވެސް އެމްޑަބްލިޔުއެސްސީން އިލްތިމާސްކުރެއެވެ.

ކޯވިޑްއާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އެކި އެކި ޚިދުމަތްދޭ ފަރާތްތަކުން ދަނީ އޮންލައިންކޮށް ބިލްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސަމުންނެވެ. އެގޮތުން އެމްޑަބްލިޔުއެސްސީގެ ފެން ބިލުގެ އިތުރުން، ކަރަންޓް ބިލާއި ފޯނު ބިލުގެ އިތުރުން، މީރާއާއި އެހެނިހެން މުއައްސަސާތަކަށް ދައްކަންޖެހޭ ފައިސާވެސް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.