ޚަބަރު

ދިއްދޫ ގޮނޑުދޮށުގައި މަރުވެފައިއޮތް މީހަކު ފެނިއްޖެ


ހއ.ދިއްދޫ ގޮނޑުދޮށުގެ ރާޅުޖަހާ ހިސާބުގައި މަރުވެފައިއޮތް މީހަކު ފެނިއްޖެއެވެ.

މަރުވެފައިވާ މީހާއަކީ އުމުރުން 59އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ދިއްދޫ ގޮނޑުދޮށުގެ ރާޅުޖަހާ ފަށުގައި، ހަރަކާތެއް ނެތި ޚަބަރުހުސްވެފައިވާ މީހަކު އޮތްކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 17:45ހާއިރުކަމަށެވެ.

ފުލުހުންގެ އެހީއާއިއެކު އެމީހާ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެމީހާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުންވަނީ ވިދާޅުވެފައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަންދަނީ ބަލަމުންނެވެ.