ޚަބަރު

އައިޖީއެމްއެޗާއި ޖެންޑަރ މިނިސްޓްރީގެ ކޯލް ސެންޓަރަށް ބޭނުންވާ ތަކެތި ޔޫއެންޑީޕީން ހަދިޔާކޮށްފި

އައިޖީއެމްއެޗާއި ޖެންޑަރ މިނިސްޓްރީގެ ކޯލްސެންޓަރުގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ބައެއް ސާމާނު ޔޫއެންޑީޕީން ހަދިޔާކޮށްފިއެވެ. މިތަކެތި ހަވާލުކޮށްދެއްވީ ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އަކިކޯ ފުޖީއެވެ.
ޔޫއެންޑީޕީގެ ފަރާތުން މި އެހީ ދީފައިވަނީ ކޯވިޑް-19ގެ މި ޙާލަތުގައިވެސް، އިޖްތިމާޢީގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް މެދުނުކެޑި ދެވޭނެ މަގު ފަހިކުރުމަށެވެ.

ޔޫއެންޑީޕީން ވިދަޅުވެފައިވަނީ ކޯވިޑް-19ގެ މިޙާލަތަކީ ބައްދަލުކޮށް މައްސަލަ ހުށައެޅުމާއި، އެހީ ހޯދުން އެންމެ އެކަށީގެންވާ ވަގުތަކަށް ނުވާތީ، މިފަދަ ބައްދަލުވުންތައް ވީހާވެސް މަދުވާނެހެން މަސައްކަތްތައް ރާވަންޖެހިފައިވާކަމަށެވެ. އަދި މި ހަދިޔާކުރި ތަކެތީގެ ސަބަބުން ހާޒިރުވެގެން ބައްދަލުވުންތައް ބޭއްވުމުގެ ބަދަލުގައި، ވަރޗުއަލްކޮށް ބައްދަލުވުންތައް ކުރިއަށްގެންގޮސް، އެހީ ބޭނުންވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގައި ލުއިތައް ލިބޭނެކަމަށް އެފަރާތުން ދެކެއެވެ.

އަދި މިފަދަ މަސައްކަތެއްގެ ސަބަބުން މާލޭގެ އިތުރަށް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ޚިދުމަތް ދިނުމުގެ މަގު ވަރަށް ބޮޑަށް ފަހިވެގެންދާނެކަމަށް އެޖަމިއްޔާއިން ފާހަގަކުރެއެވެ.

މި ހަދިޔާކުރި ތަކެތީގެ ސަބަބުން ކޯވިޑް-19ގެ މި ޙާލަތުގައި އައިޖީއެމްއެޗްގެ ސެންޓަރ ފޯރ މެންޓަލް ހެލްތުން ޚިދުމަތްތައް ދިނުމުގައި ދިމާވި ދަތިތަކަށްވެސް ޙަލެއް ލިބިގެންދާނެކަމަށް އެހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ. އަދި އުމުރުންދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ބޮޑެތި ލުއިތައް ލިބޭނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.