ސިއްހަތު

ކާށިދޫ، ގާފަރުގައި މެޑިކަލް ކޭމްޕެއް ފަށައިފި


ކާށިދޫދާއިރާގެ މަޖިލިސް މެމްބަރު ފައިސަލް ނަސީމްގެ ފައިސަލް ފައުންޑޭޝަންގެ ފާރާތުން، އެދާއިރާގެ ދެރަށް ކަމަށްވާ ކާށިދޫ އަދި ގާފަރުގައި މެޑިކަލް ކޭމްޕެއް ފަށައިފިއެވެ.ދެރަށުގައި ކުރިއަށްގެންދާ މެޑިކަލް ކޭމްޕްގައި ލޮލުގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތުގެ އިތުރުން ނަންބަރުނެގުމާއި އައިނު ހެއްދުމުގެ ޚިދުމަތާއި ޑެންޓިސްޓެއްގެ ޚިދުމަތް ލިބޭނެ ކަމަށް ފައިސަލް ފައުންޑޭޝަނުން މަޢުލޫމާތުދެއެވެ. ކޭމްޕް ފެށުމުގެ ގޮތުން ކާށިދޫ ސިއްޙީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މެމްބަރު ފައިސަލް ވިދާޅުވީ ކާށިދޫގެ ރައްޔިތުންނަށް އެންމެބޭނުންވާ އެއްކަމެއްގެ ގޮތުގައި ފާހަގަވެގެން ދިޔައީ ރަށުގައި ތިބެގެން ސިއްޙީ ޚިދުމަތް ލިބޭނެ ގޮތްތަކެއް ހޯދުން ކަމަށެވެ. އެހެން ކަމުން މިފަދަ ކޭމްޕެއްގެ ބޭނުމަކީވެސް ރަށުގައި ތިބެގެން އެކިދާއިރާތަކުގެ ޚާއްސަ ޑޮކްޓަރުންގެ ފަރުވާ ފޯރުކޮށްދިނުން ކަމަށް ފައިސަލް ވިދާޅުވިއެވެ.އިއްޔެ މެންދުރު ފަހު ކާށިދޫގައި ކޭމްޕް ފަށާފައިވާއިރު ގާފަރުގައި މިކޭމްޕް ކުރިއަށް ގެންދަނީ މިއަދު އެވެ. މިފަހަރުގެ މެޑިކަލް ކޭމްޕްގައި ފަރުވާ ދެއްވަނީ އައިކެޔާ އޮޕްޓިކަލްސް އިތުރުން މާސްޓަރ ޑެންޓަލްގެ ބޭފުޅުން ނެވެ. ފައިސަލް ފައުންޑޭޝަނަކީ ކާށިދުއާއި ގާފަރުގެ ސިއްހީ ދާއިރާގެ އިތުރުން ޢިޖްތިމާޢީ ގޮތުން ގިނަ ޚިދުމަތްތަކެއް ދެމުން ގެންދާ ޖަމިއްޔާއެކެވެ.