ކުޅިވަރު

ލިވަޕޫލަށް ނޫނެކޭ ބުނަން އުނދަގޫވި: ވާނާ


ޗެލްސީއަށް ބަދަލުވާން ނިންމުމުގެ ކުރިން ލިވަޕޫލުން ވާހަކަ ދެއްކި ކަމަށާއި ލިވަޕޫލަށް ނޫނެކޭ ބުނަން އުނދަގޫވިކަމަށް ޗެލްސީއާ މި ސީޒަންގައި ގުޅުނު ޓިމޯ ވާނާ ބުނެފިއެވެ.

ވާނާ ބުނީ ޗެލްސީއަށް އޭނާ ގެނައުމަށް އެންމެ މުހިންމު ދައުރެއް އަދާކުރީ އެޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑު ކަމަށެވެ. އޭނާ ބުނީ ލިވަޕޫލަކީ އޭނާ ވަރަށް ގަޔާވާ ޓީމެއް ކަމަށާއި އެއީ މޮޅު ސްކޮޑެއް އޮތް މޮޅު ޓީމެއްކަމަށެވެ. އެހެންނަމަވެސް ލީގުގެ އެހެންޓީމަކަށް ވެސް އޭނާއަށް ކުޅެވިދާނެކަމުގެ ޔަގީންކަން އޮތްކަމަށެވެ. ވާނާ ބުނީ އޭނާއަށް އެންމެ ބޮޑަށް ކަމުދިޔައީ ޗެލްސީ އަލުންނަގާ ކޮޅަށް ޖެހުމަށް ލަމްޕާޑު ރާވާފައިވާ ޕެލޭންތައްކަމަށެވެ.

ވާނާ ބުނީ ވަރަށް ގިނަ ފަހަރު އެ ދުވަސްވަރުގައި ޗެލްސީގެ ކޯޗާ ވާހަދެކެވުނުކަމަށެވެ. އަދި ޗެލްސީއަށް އޭނާ ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުން ވީޑިއޯތައް ލަމްޕާޑު އޭނާއަށް ހިއްސާ ކުރިމަކަށާއި އެ ސްޓައިލް އޭނާ އަށް ކަމުދިޔުމުން ކުލަބާ ގުޅެން ނިންމީކަމަށް 50 މިލިއަން ޕައުންޑަށް ޗެލްސީއާ ގުޅުނު ކުޅުންތެރިޔާ ބުންޏެވެ.

ވާނާ ބުނީ އެނާ ޗެލްސީއާ ގުޅުނީ ޕްރިމިއަރ ލީގު ތަށި ހޯދައިދޭން ކަމަށާއި ގިނަ ކާމިޔާބީތައް ޗެލްސީއާ އެކު ހޯދަން ބޭނުންވާކަމަށެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި އަންނަ އާދިއްތަ ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅެން ފިޓްކަމަށް ވާނާ ބުންޏެވެ.