ޚަބަރު

ކޯވިޑް-19 : އައްޑޫއިން އިތުރު ދެމީހަކު ޕޮޒިޓިވްވެއްޖެ


އައްޑޫސިޓީން އިތުރު ދެ މީހަކު ކޯވިޑަށް މިއަދު ޕޮޒިޓިވްވެ އެސިޓީން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 14 އަށް އަރައިފިއެވެ.

އައްޑޫއިން މިއަދު ހެނދުނު ޕޮޒިޓިވް ވެފައިވަނީ ބިދޭސީ އަކާއި ދިވެއްސެކެވެ. އެގޮތުން ފުރަބަންދު ސާމްޕަލް އިން ޕޮޒިޓިވް ވެފައިވާ ބިދޭސީ މީހާއަކީ މިވަގުތު ހުޅުދޫގައި ހުރި 38 އަހަރުގެ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެކެވެ. ދެން ޕޮޒިޓިވް ވެފައިވަނީ، ގަމުގައި ހުރި 42 އަހަރުގެ ފިހރިހެނެއް ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މިދެމީހުންގެވެސް ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރިއަށްދާ ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މިދެމީހުންނާއެކު އައްޑޫއިން މިހާތަނަށް 14 މީހުން ކޯވިޑަށް ޕޮޒިޓިވްވިނަމަވެސް މިއަދު ޕޮޒިޓިވްވި ދެމީހުން ފިޔަވާ އެންމެންވެސް ބަލިން ރަނގަޅުވެ ދޫކޮށްލާފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އައްޑޫއިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ، މުޅިންވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.