ޚަބަރު

ގެއްލިގެން އުޅުނު ދިވެހި ތިން ޙައްޖުވެރިންވެސް ފެނިއްޖެ




ގެއްލިގެން އުޅުނު ދިވެހި ތިން ޙައްޖުވެރިންވެސް
ފެނިފައިވާ ކަމަށާއި، ދިވެހި ހުރިހާ ޙައްޖާޖީންގެ ހާލުވެސް ރަނގަޅު ކަމަށް
އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފި.

އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު
ބާޤިރު ވިދާޅުވީ ހުރިހާ ދިވެހި ޙައްޖާޖީންގެ ހާލުވެސް ރަނގަޅު ކަމަށާއި، ހައްޖު
މިޝަންއިން ހުރިހާ ދިވެހި ހައްޖާޖީންގެ ހާލުވެސް ބަލައިފައިވާ ކަމަށެވެ. މައްކާ އަށް ކުރި ވިއްސާރައިގައި އާދަޔާ ހިލާފާށް ބޯކޮށް ވާރޭ ވެހި ކެރޭނެއް
ވެއްޓި އެތައް ބައެއްގެ ފުރާނަ ގެއްލުނު ހާދިސާއަށްފަހު ދިވެހި ހުރިހާ
ހައްޖާޖީންގެ ހާލުވެސް ރަނގަޅުކަމަށް ހައްޖު ކޯޕަރޭޝަނުންވެސް ވަނީ ހާމަކޮށްފައެވެ. މަ

އްކާގެ ޙަރަމްފުޅު ބޮޑު ކުރަމުންދާ ސަރަޙައްދަށް ކެރޭނެއް ވެއްޓި ހިނގި މި ހިތާމަވެރި ޙާދިސާގައި މަރުވި މީހުންގެ ޢަދަދު
87އަށް ވަނީ އަރައިފައެވެ. މި ހިތާމަވެރި ޙާދިސާގައި 187 އަށްވުރެ ގިނަ މީހުން
ޒަޚަމްވެފައިވާ ކަމަށް ސައުދީ ސިވިލް ޑިފެންސުން ވަނީ ކަށަވަރު ކޮށްދީފައެވެ.