ތަޢުލީމު

އޭއޯޑީގެ ޑިޒައިނިން ކޯހުގެ ދަރިވަރުންގެ ކުރެހުންތައް ދައްކާލައިފި


އެކެޑެމީ އޮފް
އާރޓްސް ގެ އިންޓަނޭޝަނަލް ޑިޒައިން ކެމްޕަސްގެ ރާއްޖޭގެ ކެމްޕަސް އިން ހިންގި
ފައުންޑޭޝަން ކޯސް ނިންމި ދަރިވަރުންގެ ކުރެހުމާއި ޕްރޮޖެކްޓްތައް
ދައްކާލައިފިއެވެ.



ނޭޝަނަލް އާޓް
ގެލެރީގައި މި ކުރެހުންތަކާއި ދަރިވަރުންގެ ޕްރޮޖެކްޓްތައް ދައްކާލުމަށް ބޭއްވި
އެގްޒިބިޝަން ޝަރަފްވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ
ޑޮކްޓަރ އަޒްލީން އަހްމަދު އެވެ. މި
އެގްޒިބިޝަންގައި އެކެޑެމީ އޮފް ޑިޒައިންގެ ރާއްޖޭގެ ކެމްޕަސް ފައުންޑޭޝަން ކޯސް ފުރިހަމަ
ކުރި 6 ދައިރަވަރެއްގެ ކުރެހުމާއި
ޑިޒައިންތައް ދައްކާފައިވެއެވެ. ކުރެހުންތަކުގެ
ތެރޭގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތުމީހުންގެ ދިރިއުޅުމާއި،
ހެދުންތަކާއި ، އިންޓީރިއާ ޑިޒައިން ފަދަ ކުރެހުންދައްކާފައިވެއެވެ.



ސްރީލަންކާގައި ހުންނަ
އިންޓަނޭޝަނަލް ޑިޒައިން ކެމްޕަސްގައި ކުރިއަށް ގެންދާ ކޯސްތަކުގެ ތެރޭގައި ފެޝަން
މާރކެޓިންގް، އިންޓީރިއާ ޑިޒައިނިންގ، ގްރެފިކް ޑިޒައިނިންގ އަދި އެނިމޭޝަން ކޯސްތައް
ހިމެނެއެވެ.



އެކެޑެމީ އޮފް
ޑިޒައިންގެ ހެޑް އޮފް ފައުންޑޭޝަން އާރޓް އެންޑް ޑިޒައިންގ މިސްޓަރ ކްރައިގް
ބްލެއަރ ވިދާޅުވީ ކޯސްފުރިހަމަކުރި ދަރިވަރުންގެ ތެރެއިން 2 ކުއްޖަކު ލަންކާގައި
ޑިގްރީ ކޯހުގައި ބައިވެރިވުމަށް ނިންމާފައިވާ ކަމަށެވެ.



އެކެޑެމީ އޮފް
އާރޓްސް ގެ އިންޓަނޭޝަނަލް ޑިޒައިން އިން ގެ ކޯސްތަކަކީ އިނގިރޭސިވިލާތުގެ
ނިއުކާސަލްގެ ނޮތަމްބްރިއާ ޔުނިވަރސިޓީ އާއި އެފިލިއޭޓްވެގެން ހިންގާ ކޯސްތަކެކެވެ.