ސިޔާސީ

މަހާސިންތާގަ ފާސްކުރި އިޤްރާރުގަ މިއަދު 446 މަންދޫބަކު ސޮއިކޮށްފި


2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީންއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމުގެ ޚާއްސަ އިޤްރާރެއްގައި ޕީ.ޕީ.އެމްގެ އެކި ގޮފިތަކަށް ނިސްބަތްވާ 446 ކެމްޕެއިން ލީޑަރުން މިއަދު ސޮއިކޮށްފިއެވެ.

މިއީ ޕާޓީގެ ގޮފިތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް، 2018 ރިޔާސީ އިންތިޚާބަށް ކެމްޕެއިންގެ ފޯރި އިތުރު ކުރުމުގެ މަޤުސަދުގައި ސޮއިކުރި ޤަރާރެއްކަމަށް ރައީސް ޔާމިންގެ ކެމްޕެއިން އޮފީހުން މައުލޫމާތުދެއެވެ.

މިއަދުގެ ސެޝަންގައި އިގުރާރުގައި ސޮއިކުރުމުގެ އިތުރުން، ކެންޕެއިން އޮފީހުގެ އޮނިގަޑާއި އަދި  ލީޑަރޝިޕާ ގުޅޭ ގޮތުން ބައިވެރިންނަށް ވަނީ މައުލޫމާތުދީފައެވެ. މީގެ އިތުރުން ޓީމްވޯރކާއި ގުޅޭ ގޮތުންނާއި ދޮރުންދޮރަށް ކެންޕެއިން ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވާކަމަށް ރައީސް ޔާމީން ކެންޕެއިން އޮފީހުން މައުލޫމާތުދެއެވެ.

މި މަހާސިންތާގައި މިއަދުގެ ސެޝަންތަކުގައި މައުލޫމާތުދީފައި ވަނީ ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނެވެ.



2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެންޕެއިން ލީޑަރުން ތަމްރީން ކުރުމުގެ ދެވަނަ ބުރު އަމާޒުކޮށްފައިވަނީ މ އަތޮޅުން ފެށިގެން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށެވެ. މިފަހަރުގެ މަހާސިންތާގައި 446 މަންދޫބަކު ބައިވެރިވެފައިވެއެވެ.