ކުޅިވަރު

ދެވަނަ ފަހަރަށް އޮސާކާ ޔޫއެސް އޯޕަން ކާމިޔާބުކޮށްފި


ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި ވިކްޓޯރިއާ އަޒަރެންކާއި ވާދަކޮށް ނައޯމީ އޮސާކާ ދެވަނަ ފަހަރަށް މުބާރާތް ކާމިޔާބުކޮށްފިއެވެ.

ބިލީ ޖީން ނެޝަނަލް ޓެނިސް ސެންޓަރުގައި ކުޅުނު މެޗު އޮސާކާ ކާމިޔާބުކުރީ ކުރީގެ އެއްވަނަ ކުޅުންތެރިޔާ އަޒަރެންކާ އެއް ސެޓު ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައި ދެ ސެޓުން މޮޅުވެގެންނެވެ. ބެލަރޫސްގެ އަޒަރެންކާ މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ 6-1 ނަތިޖާއަކުންނެވެ. އުމުރުން 22 އަހަރުގެ އޮސާކާ ފަހު ދެ ސެޓު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 6-3 ގެ ނަތީޖާއަކުން ދެ ސެޓުވެސް ކާމިޔާބުކޮށްގެންނެވެ.

ފައިނަލުގައި ބަލިވި އަޒަރެންކާ ވެސް ވަނީ ކުރިން މި މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައެވެ. މިއީ މުބާރާތުގެ ރަނަރަޕްކަން އަޒަރެންކާއަށް ލިބުނު ތިންވަނަ ފަހަރެއެވެ. މުބާރާތުގައި ފައިނަލުގައި 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު އަޒަރެންކާ ވަނީ ބަލިވެފައެވެ. ޒުވާން ޓެނިސް ކުޅުންތެރިޔާ އޮސާކާ މި މުބާރަތް ފުރަތަމަ ކާމިޔާބުކުރީ ސެރީނާ ވިލިއަމްސް ބަލިކޮށް 2018 ވަނަ އަހަރެއެވެ.