ޚަބަރު

ހުޅުމާލެ ސާފުކުރުމުގައި ބައިވެރިވި މީހުންނަށް ހަދާނީލިއުން ދީފި


ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އެމް.އެސް.ޕީ.އޭއިން އިސްނަގައިގެން ކުރިޔަށްގެންދިޔަ ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމް ނިންމާ އެކަމުގައި ބައިވެރިވި ފަރާތްތަކަށް ހަދާނީ ލިއުން ހަވާލުކޮށްފިއެވެ.މި ހަފްލާ ބާއްވާފައިވަނީ ހުޅުމާލެ 127 ވަނަ ފްލެޓް ކައިރީގައި އޮންނަ ހުސްބިމުގައިކަމަށް އެމް.އެސް.ޕީ.އޭއިން މައުލޫމާތުދެއެވެ. ހުޅުމާލެ ސާފުކުރުމުގައި ބައިވެރިވި 219 މީހަކަށް ހަދާނީ ލިއުން ހަވާލުކޮށްފައިވާކަމަށް އެމް.އެސް.ޕީ.އޭގެ ޖެނެރަލް ސެކްރެޓަރީ އަމްޖަދު އިބްރާހިމް ވިދާޅުވިއެވެ.މިމަހު ހުޅުމާލެ ބީޗް އޭރިޔާ ސާފުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އަމްޖަދު އިބްރާހިމް ވިދާޅުވިއެވެ.ރޭ ކުރިޔަށްގެންދިޔަ ހަދާނީ ލިއުން ހަވާލުކުރުމުގެ ރަސްމިޔާތުގައި ވަނީ އެމް.އެސް.ޕީ.އޭގެ "ނަގާ ފޯރި ނަގާ" ބޮޑުބެރު ގުރޫޕް ވެސް އިފްތިތާހުކޮށްފައެވެ.