ހއ.ކެލާގައި ހޯމްކަރަންޓީންގައި ހުއްޓައި ހާލުދެރަވެގެން ކުޅުދުއްފުއްޓަށް ގެނެސް ފަރުވާދެމުންދަނިކޮށް ނިޔާވި މީހާ، ނިޔާވީ ކޯވިޑް-19ގެ ސަބަބުންކަމަށް އެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅައިފިއެވެ.
ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި އުމުރުން ދުވަސްވީ މި މީހާ ނިޔާވެފައި ވަނީ ބަލިވެގެން ދިއްދުއަށް ގެންގޮސް ދިއްދޫން ކުޅުދުއްފުއްޓަށް ފޮނުވުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ބެލުމުގެ ދަށުން ފަރުވާދެމުން ދަނިކޮށްކަމަށް މައުލޫމާތު ލިބެއެވެ.
ނިޔާވި، މިމީހާއަކީ އިންޑިއާގައި ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް، ފަހު، ރާއްޖެއައިސް ކެލާގައި ހޯމް ކަރަންޓީންގައި ހުރި މީހެކެވެ.
މި މީހާ ރޭ ނިޔާވުމުން ނެގި ސާމްޕަލް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު މިއީ ސީދާ ކޯވިޑް-19 ބަލީގައި ނިޔާވީހެއްކަން ނުވަތަ ނޫންކަން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.
މިއީ ކޯވިޑް-19ގައި ރާއްޖެއިން ނިޔާވި 31ވަނަ މީހާކަމަށް މިވަނީ ރެކޯޑްކުރެވިފައެވެ.