ތަޢުލީމު

ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ސްކޮލަޝިޕް


ކުޅިވަރުގެ ދާއިރާއިން ފާހަގަކުރެވޭ ސްކޫލް ދަރިވަރުންނަށް ހާއްސަކޮށް އަންނަ އަހަރު ސްކޯލަޝިޕް ދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.ރޭ ދަރުބާރުގޭގައި ބޭއްވި ކަލަރސް އެވޯޑު ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ސްކޮލަރޝިޕަކީ ސަރުކާރުން ގެންގުޅުއްވާ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ތެރެއިން ހަމަޖައްސާދެވޭ ސްކޮލަރޝިޕެއްކަމަށެވެ.މިނިސްޓަރު ވިދާޅުވީ މި ސްކޮލަޝިޕް ލިބިގެންދާނީ ވަކިވަކި ދަރިވަރުން ވާދަކުރާ ކުޅިވަރުތަކުގެ ތެރެއިން އާދަޔާ ޚިލާފު ހުނަރު ދައްކާ ދަރިވަރުންނަށް ކަމަށެވެ. އަދި ސްކޫލް ދަރިވަރުންގެ ހުނަރު ތަރައްގީކޮށް ދަރިވަރުންޝައުގުވެރިވާ ދާއިރާއަކުން ކުރިއަށްދިއުމުގެ މަގުފަހިކޮށްދިނުމަށް ސަރުކާރުން ބޮޑު އަހަމިއްޔަތެއް ދެމުން އަންނަ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.ކުޅިވަރުގެ ދާއިރާއިން ރަން ވަނަތަށް ހޯދާ ދަރިވަރުންނަށް އިތުރަށް ހިއްވަރުދީ އެކުދިން އެދާއިރާއިން ކުރިއެރުވުމުގެ މަޤްސަދުގައި މިނިސްޓްރީން ކަލަރސް އެވޯޑު ދޭން ފަށާފައި ވަނީ މިދިޔަ އަހަރުގައެވެ.