ޚަބަރު

މާލެއަތޮޅު ގުޅި ފަޅުތެރެއަށް ލެއްގި ޖެޓްސްކީއެއްގެ ވެރިފަރާތް ހޯދަނީ


އޮޔާ އައިސް މާލެ އަތޮޅު ގުޅީ ފަޅުތެރެއަށް ޖެޓްސްކީއެއް ލައްގައިފިއެވެ. ފުލުހުން ވަނީ މި ޖެޓްސްކީގެ ވެރިފަރާތް ހޯދުމަށް އިއުލާންކޮށްފައެވެ.

ފުލުހުން ވިދާޅުވީ މި ޖެޓްސްކީގެ ވެރިފަރާތުން ފުލުހުންގެ ނަމްބަރު 9631696 ގުޅާ އެކަން އެންގުމަށެވެ. އަދި މި ޖެޓްސްކީގެ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަވެސް ފުލުހުންނަށް ގުޅާ އެކަން އެނގުމަށްވެސް ފުލުހުން އެދެއެވެ.

އެކި ކުށްކުށުގައި ހައްޔަރުކުރާ މީހުންގެ އަތުން ފެންނަ ބައެއް ތަކެއްޗާއި މީހުން ހޮވައިގެން ގެންނަ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުން އަންނަނީ އިއުލާންކުރަމުންނެވެ. މީގެތެރޭގައި ހިފާ ގެންގުޅޭ ބައެއް ތަކެއްޗާއި މެސިނަރީޒްގެ އިތުރުން އަގުބޮޑެތި ބައެއް ސާމާނުތައްވެސް ހިމެނެއެވެ.