ކުޅިވަރު

އަހަރެން މިއައީ އަންޗެލޮޓީއަށްޓަކައި: ހަމޭސް ރޮޑްރިގޭޒް


އިނގިރޭސި ކުލަބު އެވަޓަން އާއި ގުޅުނީ ކާލޯ އަންޗެލޮޓީ ކޯޗަކަށް ހުރުމުން ކަމަށާއި އެއީ އެނާ ވަރަށް އިތުބާރު ކުރާ ކޯޗެއް ކަމަށް ކޮލަންބިޔާގެ ހަމޭސް ރޮޑްރިގޭޒް ބުނެފިއެވެ.

ރެއާލް މެޑްރިޑުގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތްވާ 20 މިލިއަން ޕައުންޑުގެ އަގަކަށް އެވަޓަން އާއި ގުޅުނު ކުޅުންތެރިޔާ ބުނީ އެވަޓަންއަށް އައީ އޭނާގެ ހުރި ހުރިހާ ހުނަރަކާއެކު ކާމިޔާބު ހޯދުމުގެ އަޒުމުގައި ކަމަށެވެ. ކުލަބަށް ސޮއި ކުރުމަށްފަހު މީޑިޔާއާ ވާހަކަ ދައްކަމުން ރޮޑްރިގޭޒް ބުނީ އެވަންޓަންއަކީ ދިގު ތާރީހެއް އޮތް ކުލަބެއް ކަމަށާއި ޓީމުގެ ކޯޗަކަށް ހުރި އަންޗެލޮޓީ އެއީ އޭނާ އެންމެ ރަނގަޅަށް ދަންނާނެ އެއް ކޯޗުކަމަށެވެ.

އޭނާ ބުނީ ކުލަބަށް އައީ ކާމިޔާބު ހޯދަން ކަމަށާއި ކުލަބާއެކު ގިނަކަންތައްތަކެއް ހާސިލުކުރަމަކީ އުއްމީދެއްކަމަށެވެ. ރޮޑްރިގޭޒް ބުނީ ކުލަބުގެ ހުރިހާ ޕްލޭން އާއި ކަންކަން އޭނާ ބަލައިފިކަމަށާއި ކުލަބުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް އޭނާއަށް ވަރަށް ރަނގަޅަށް އެނގޭކަމަށެވެ. އަދި ކުލަބުގެ ވިސްނުންހުރީ ތަށިތައް ހޯދުން ކަމަށާއި އެނާގެ މަސައްކަތަކީ ވެސް އެއީކަމަށް ކުރިން އަންޗެލޮޓީ ކޯޗުކަމުގައި ދެ ކުލަބަކަށް ކުޅުނު ކުޅުންތެރިޔާ ބުންޏެވެ.