ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ


ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިއެވެ.

ފުލުހުން ވިދާޅުވީ، މިތަކެއްޗަކީ މި ސެޕްޓެމްބަރ މަހުގެ 06 ވަނަ ދުވަހު މާލޭ ކަރާ މާރުކޭޓު ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ދެ މީހެއްގެ އަތުން ފެނިފައިވާ ތަކެތިކަމަށެވެ. އަދި މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެގޮޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ 2 ސެކިއުލަރ ކީސް (ހިޓާޗީ)، 1 ސެކިއުލަރ ކީސް (މަކީޓާ) 2 ރައުޓަރ (މަކީޓާ)، 1 ޑްރިލަރ، 1 ކަރަންޓު ރޮންދާ (މަކީޓާ)، 1 ހޭންޑް ރޮންދާ، 2 ވަޑާންކަށި، 1 މިންބަލާ ފަތިގަނޑު، 1 ފީރު، 4 ސޮކެޓު، 1 ޓެސްޓަރ، 1 ތްރީޕިން، 2 ފޫޓު ފީތާއެވެ.

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.